ކޯވިޑަށް ޕޮޒިޓިވް ވީމީހުންގެ އަދަދު 372 އަކަށް އަނެއްކާވެސް އިތުރުވެއްޖެ

ކޯވިޑަށް ޕޮޒިޓިވް ވީމީހުންގެ އަދަދު 372 އަކަށް އަނެއްކާވެސް އިތުރުވެއްޖެ

Author
ޢަލީ އާދަމް
14 ޖޫން 2021 10:06
0

ރާއްޖެއިން ކޯވިޑް-19އަށް އިތުރު 372 މީހުން ޕޮޒިޓިވްވެއްޖެއެވެ.

ރާއްޖޭގައި ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު 200 އިން ދަށްވުމަށްފަހު އަނެއްކާވެސް މިވަނީ އަދަދުތަށް މައްޗަށް ޖެހިލާފަ އެވެ. އެގޮތުން މިއަދު ޕޮޒިޓިވްވި 372 މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 125 މީހުންނާއި، އަތޮޅުތަކުގެ ރަށްތަކުން ޕޮޒިޓިވްވި215 މީހުންނާއި، ރިސޯޓްތަކުން ޕޮޒިޓިވްވި 30 މީހުންނާއި، ސަފާރީއަކުން ޕޮޒިޓިވްވީ އެކަކާއި ސިނާއީ މަސައްކަތްކުރާ ރަށަކުން ޕޮޒިޓިވްވީ މީހެކެވެ.

މިއާއެކު މިހާތަނަށް ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ ޢަދަދުވަނީ 70،673އަށް އަރާފައެވެ.

ބަލިން ރަނގަޅުވާ އަދަދު އިތުރުވުމާއެކު ބައްޔަށް ފަރުވާހޯދަމުން މިހާރުގެންދާ މީހުންގެ އަދަދު ވަނީ 8،703 އަށް ދަށްވެފައެވެ. މީގެތެރެއިން މިވަގުތު އެޑްމިޓްކޮށްގެން ފަރުވާ ދެމުންދަނީ 82މީހުންނަށެވެ.

ވޭތުވެދިޔަ 24 ގަޑިއިރުގެތެރޭގައި 992 މީހުން ވަނީ މިބަލިން ރަނގަޅުވެފައެވެ. މިއާއެކު ބަލިން މުޅިން ރަނގަޅުވި މީހުންގެ ޢަދަދުވަނީ 61،761 އަށް އަރާފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ބަލިދެނެގަތުމަށް 5،262 ސާމްޕަލެއްވަނީ ކޯވިޑް-19އަށް ޓެސްޓުކޮށްފައެވެ.

ކޯވިޑް ބަލީގައި ރާއްޖެއިން މިއަދު ނިޔާވީ 27 އަހަރުގެ ޒުވާން ފިރިހެނެކެވެ. މިއާއެކު މިބަލީގައި ރާއްޖެއިން ނިޔާވީ މީހުންގެ އަދަދު ވަނީ 198އަށް އިތުރުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.