ތާޕްސީ އަކީ "ހަސީން ދިލްރުބާ"އަށް ފުރަތަމަ ޗޮއިސްއެއް ނޫން!

ތާޕްސީ އަކީ "ހަސީން ދިލްރުބާ"އަށް ފުރަތަމަ ޗޮއިސްއެއް ނޫން!

Author
ފާތިމަތު ނާވީ
14 ޖޫން 2021 10:35
0

ތާޕްސީ ޕަންނޫގެ ފިލްމު "ހަސީން ދިލްރުބާ" ރިލީސްުރުމަށް ވާން ޖެހޭ ހުރިހާ ތައްޔީރެއް ވަނީ ވެފަ އެެވެ. އިންޓަވިއުއްގައި ވާހަކަ ދައްކަމުން ތާޕްސީ ބުނެފައިވަނީ އޭނާއަކީ މި ފިލްމު ކުޅުމަށް އެންމެ ފުރަތަމަ ހުށަހެޅި ފަންނާނު ނޫން ކަމަށެވެ.

ނެޓްފްލިކސްގެ ފިލްމެއްކަމަށްވާ "ހަސީން ދިލްރުބާ"އިން ތާޕްސީއާއި އެކުގައި ފެނިގެންދާނީ ވިކްރާންތު މައްސޭ އަދި ހަޝްވަރްދަން ރާނޭ އެވެ. މިއީ ވިނިލް މެތިއުގެ ޑައިރެކްޝަނެކެވެ. ފިލްމު ލިޔެފައި ވަނީ ކަނިކާ ދިލޮން އެވެ. މި ފިލްމު ރިލީސް ކުރަން ހަމަޖެހިފައިވަނީ އަންނަ މަހުގެ ދެވަނަ ދުވަހު އެވެ.

އިންޑިއާގެ މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި ތާޕްސީ ބުނެފައިވަނީ އެންމެ ފުރަތަމަ ކަނިކާ މި ފިލްމުގެ ވާހަކަ ކިޔައިދިނުމުން ވަރަށް ގަޔާވި ކަމަށެވެ. އެހެންނަމަވެސް ފަހުން އެނގިފައިވާ ގޮތުގައި އޭނާއަކީ އެމީހުން އެންމެ ފުރަތަަ ބޭނުންވި ތަރިއެއް ނޫނެވެ. ނަމަވެސް ފިލްމު ފުރަތަމަ ހުށަހެޅީ ކޮން ބަޔަކަށް ކަމެއް ހާމައެއް ނުކުރެއެވެ.

"އަހަރެންނާ ހަމައަށް އައީ ހުރިހާ އޮޕްޝަނެއް ނުސްވުމުން އެންމެ ފަހުން"

– ތާޕްސީ

ފިލްމާއި ބެހޭ ގޮތުން ވާހަކަ ދައްކަމުން ތާޕްސީ ބުނެފައިވަނީ މިއީ ވަރަށް ރީތިކޮށް ލިޔެވަފައިވަ "މިސްޓްރީ" އެއް ކަމަށާއި މި ފިލްމުގައި މަސައްކަތް ކުރަން ލިބުމަކީ އޭނާއަށް ލިބުނު ވަރަށް ރަނގަޅު ތަޖުރިބާއެއް ކަމަށެެވެ. ފިލްމުގައި ދައްކުވައި ދެނީ ތާޕްސީގެ ފިރިމީހާގެ މަރުގެ "މިސްޓްރީ" އެވެ.

އެންމެ ފަހުން ތާޕްސީ ފެނިގެން ގޮސްފައިވަނީ 2020 ވަނަ އަހަރުގެ ފިލްމު "ތައްޕަޑް" އިންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.