ދޮށީ މީހެއްދެކެ ލޯބިވާ ބައެއް ފިލްމެއްގައި ކުޅޭކަށް ބޭނުމެއްނޫން: ކަރީނާ

ދޮށީ މީހެއްދެކެ ލޯބިވާ ބައެއް ފިލްމެއްގައި ކުޅޭކަށް ބޭނުމެއްނޫން: ކަރީނާ

Author
ފާތިމަތު ނާވީ
10 ޖޫން 2021 01:20
0

ކަރީނާ ކަޕޫރް އަދި ސައިފް އަލީ ޚާންގެ ކައިވެންނަށް 10 އަހަރު ވާން ކައިރިވެފައިވާއިރު މި ދެމީހުންގެ އުމުރުގައި ވެސް 10 އަހަރުގެ ތަފާތު އެބަހުއްޓެވެ.

އިންޓަވިއުއެެއްގައި ވާހަކަ ދައްކަމުން ކަރީނާ ކަޕޫރު ބުނެފައިވަނީ ސްކްރީނުގައި އުމުރުން ދޮށީ މީހެއް ދެކެ ލޯބިވާ ރޯލެއް އަދާކުރަން އޭނާ ބޭނުންނުވާ ކަމަށެވެ. އޭނާގެ ހަގީގީ ދިރިއުޅުމުގައި ސައިފް އާއި ދެމީހުންގެ ދެމެދުގައި ވާ 10 އަހަރުގެ ތަފާތު އޭނާއަށް ފުދޭކަމަށްވެސް ކަރީނާ ވަނީ ބުނެފައެވެ.

ކަރީނާ މިހެން ބުނެފައިވަނީ " ވީއާ ފެމެލީ"ގެ ޕްރޮމޯޝަނަލް ވީޑިއޯއެއްގައި ކަރަން ޖޯހަރް އޭނާއާއި ކުރި ސުވާލަކަށް ޖަވާބު ދެމުންނެވެ. މިއީ 2010 ވަނަ އަހަރުގައެވެ.

ކަރީނާ އާއި ސައިފް ވަނީ އެކުގައި ބައެއް ފިލްމުތަައް ކުޅެފައެވެ. އޭގެ ތެރޭގައި "އޭޖެނޓް ވިނޯދް"، " ކުރްބާން"، އަދި "އޯމްކަރާ" ހިމެނެއެވެ. މި ދެފަންނާނުންވެސް ލޯބިވެފައިވަނީ އެކުގައި މަސައްކަތް ކުރަން އުޅުމުގެ ތެރޭގައެވެ.

މި ދެމަފިރިންގެ މިހާރު ދެ ފިރިހެން ދަރިން ހުރެއެވެ. ހަތަރު އަހަރުގެ ތައިމޫރް އާއި މިއަހަރު ފެބްރުވަރީ މަހު ލިބުނު ދަރިފުޅެވެ. ހަގު ދަރިފުޅުގެ ނަމެއް އަދި އިއުލާން ކޮށްފައެއް ނުވެއެވެ.

ކަރީނާ އާއި ސައިފް ކައިވެނިކޮށްފައިވަނީ 2012 ވަނަ އަހަރު އޮކްޓޫބަރު މަހު އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.