ބޮލީވުޑްގެ ފިލްމީތަރި އެވެލީން ޝަރްމާ ވަނީ އޮސްޓްރޭލިއާގެ ދަތުގެ ސާޖަންއެއް ކަމަށްވާ ޑރ. ތުޝާން ބިންދީއާއި ކައިވެނި ކޮށްފައެވެ. އެވެލީން އަކީ "ޔެ ޖަވާނީ ހެ ދީވާނީ" އަދި "ޔާރިޔަން" އިން ފެނިގެންދިޔަ އޭނާގެ ރޯލުން ބެލުންތެރިންގެ މެދުގައި މަޝްހޫރުވެފައިވާ ފަންނާނެކެވެ. މި ދެމީހުންގެ ކައިވެނި ހަފްލާ ބާއްވާފައިވަނީ ހަމައެކަނި ގާތްތިމާގެ މަދު ބަޔަކާއިއެކު މިދިޔަ މަހުގެ 15 ވަނަ ދުވަހު އޮސްޓްރޭލިއާގަ އެވެ. އެއީ "ކަންޓްރީ ވެޑިން" ހަފްލާއެކެވެ.
އެވެލީން އާއި ތުޝާން އެންގޭޖް ވެފައިވަނި 2019 ވަނަ އަހރުގެ އޮކްޓޯބަރު މަހުގައެވެ. އޭނާ މިކަން އިއުލާން ކޮށްފައިވަނީ އޭނާގެ އިންސްޓްގްރާމުގައި ހިއްސާކުރި ފޮޓޯއަކުންނެވެ. މި ފޮޓޯއިން އެވެލީން އަދި ތުޝާން ފެނިގެން ދަނީ ސިޑްނީ ސްކައިލައިންގެ ބެކްގްރައުންޑުގައެވެ.
ލީޑިން ޑެއިލީއާއި ވާހަކަ ދައްކަމުން އެވެލީން ބުނެފައވަނީ "ތިމާގެ އެންމެ ގާތް އެކުވެރިޔާއާއި ކައިވެނި ކުރެވުމަކީ އެންމެ "ބެސްޓް ފީލިންގް" ކަމަށެވެ. އަދި ދެމިހުން އެކުގައި ދިރިއުޅުން ހޭދަކުރުމަށްޓަކައި ކެތްމަދުވެފައި ހުރިކަމަށް އެވެލީން ބުންޏެވެ.
މި ދެމީހުންގެ ވެޑިން ރިސެޕްޝަން ބާއްވަން ހަމަޖެހިފައިވަނީ ފަހުނެވެ. ތުޝާން ބުނެފައިވަނީ އެދެމީހުން އެންގޭޖް ވުމަށްފަހު އަވަހަށް ކައިވެނި ކުރަން ބޭނުންވި ނަމަވެސް ކޯވިޑް 19 ސަބަބުން ލަސްވީކަމަށެވެ. މިހާލަތުގައި އެއްވެސް ކަހަލަ އެޓެންޝަންއެއް ބޭނުން ނޫން ކަމަށާއި ބޭނުންވަނީ ވީހާވެސް އާދައިގެ ގޮތަކަށް ހުރިހާކަމެއްވެސް ނިމިގެން ދިއުމަށްކަމަށް ތުޝާން ވަނީ ބުނެފައެވެ.
ކޮމެންޓު ފޮނުވާ