ދިލިޕް ކުމާރު ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފި

ދިލިޕް ކުމާރު ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފި

1950 އާއި 1960ގެ އަހަރުތަކުގެ ބޮލީވުޑްގެ ސުޕަސްޓަރ ދިލިޕް ކުމާރު ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފި އެވެ. އޭނާގެ އަންހެނުން ސައިރާ ބާނޫ ވަނީ މިކަން ކަށަވަރު ކޮށްދީފަ އެވެ. ސައިރާ ބުނެފައިވާ ގޮތުގައި ދިލިޕް އެޑްމިޓް ކުރީ ނޭވާ ލާން އުނދަގޫ ވުމުގެ ސަަބަބުންނެވެ. ދިލިޕް އެޑްމިޓް ކޮށްފައިވަނީ ޑީޕީ ހިންދޫޖާ ހޮސްޕިޓަލް ގައިއެވެ.

ރިޕޯޓްތަށް ބުނާ ގޮތުގައި ދިލިޕް ހޮސްޕިޓަލް އަށް ގެންގިސްފައި ވަނީ އާދިއްތަ ދުވަހުގެ ހެނދުނު 08:30 ހާއިރު ކަމަށެވެ. އަދި ހަމަ އެހެންމެ ސާއިނާ އާއި ހަވާލާދީ ބައެއް ނޫސްތަކުގަިއ ރިޕޯޓް ކޮށްފައިވާ ގޮތުގައި މިހާރު ދިލިޕްގެ ބައެއް ޓެސްޓުތަށް ވަނީ ހަދާފައިއެވެ. އަދި އިންތިޒާރު ކުރަމުން ދަނީ ނަތީޖާ އަށެވެ. ނަމަވެސް މިއީ ކޯވިޑް ބައްޔާ ގުޅުން ހުރި ކަމެއް ނޫންކަން ދިލިޕްގެ ރަސްމީ ޓްވިޓާ އެކައުންޓުން ވެސް ވަނީ ޔަގީން ކޮށްދީފަ އެވެ.

ދިލިޕް ކުމާރު ވަނީ މިދިއަ މަހުވެސް ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފަ އެވެ. ނަމަވެސް ސާއިރާ އޭރު ބުނެފައިވަނީ ދިިލިޕް އެޑްމިޓް ކޮށްފައިވަނީ ރޫޓިން ޗެކްއަޕް އަކަށް ކަމަށެވެ. މިހާރު އުމުރުން 98 އަހަރުގެ މި އެކްޓަރ ފަހަކަށް އައިސް ވަނީ އެކި ފަހަރު މަތިން ހޮސްޕިޓްލަގައި އެޑްމިޓްކޮށް ފަރުވާދޭން ޖެހިފަ އެވެ. އަދި ހަމަ އެއާއި އެކު ކޮންމެ ފަހަރަކު ވެސް ސާއިރާ ދަނީ ދިލިޕް ގެ ހާލަތު ގެ އަޕްޑޭޓް ހާމަކުރަމުންނެވެ.

ދިލިޕް ކުމާރުގެ އެއްވެސް ދަރިއަކު ނުހުރެއެވެ. އޭއަށް އަވަސް ޝިފާ އަކަށް އެދި ދުއާ ކުރުމަށް އަންހެނުން ސާއިރާ އެދިފައި ވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *