"ދަބަންގް"ގެ އެނިމޭޓެޑް ވާޝަން އެއް

"ދަބަންގް"ގެ އެނިމޭޓެޑް ވާޝަން އެއް

Author
ފާތިމަތު ނާވީ
02 ޖޫން 2021 11:15
0

ސަލްމާން ޚާންގެ ސުޕަރ ހިޓް ފިލްމު "ދަބަންގް"ގެ އެނިމޭޓެޑް ވާޝަން ދައްކަން ފަށައިފި އެވެ.

"ދަބަންގް"ގެ އެނިމޭޓެޑް ސީރީޒް އާންމުކުރުމާއެކު ސަލްމާންގެ ފޭނުން ވަނީ މޮޔަވެފައޭވެސް ބުނެވިދާނެއެވެ. މި އެނިމޭޓެޑް ސީރީޒްގައި ސަލްމާންގެ "ދަބަންގް" ފިލްމުގެ ކެރެކްޓަރ ޗުލްބުލް ޕާންޑޭގެ އިތުރުން އެ ފިލްމުތަކުގެ އެހެނިހެން ކެރެކްޓަރަތައް ވެސް ފެނިގެދެއެވެ.

މި ސީރީޒް ފުރަތަމަ ދައްކަން ފަށާފައިވަނީ އާދީއްތަ ދުވަހު އޮންލައިން ޕްލެޓްފޯމް ޑިޒްނީ ޕްލަސް އިންނެވެ. މީގެ އިތުރުން ހޯމަދުވަހުން ފެށިގެން ކާޓޫން ނެޓްވޯކުންވެސް ކޮންމެ ދުވަހަކު މި އެނިމޭޓެޑް ސީރީޒް ދައްކާނެ ކަމަށް ސަލްމާން ކުރި ޓްވީޓެއްގައި ވަނީ ބުނެފައެވެ.

ސީރީޒްގެ ޓްރެއިލާއާ އެކު ސަލްމާން ކުރި ޓްވީޓަށް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ވަނީ ވަރަށް ގިނަ ލައިކްސް އަދި ކޮމެންޓްސް ލިބިފައެވެ. އެގޮތުން ވަރަށް ގިނަ ބަޔަކު ވަނީ ފިލްމު "ދަބަންގް" އަށްވެސް ތައުރީފު ކޮށްފައެވެ.

ސަލްމާން ޚާން އެންމެފަހުން ފެނިގެން ދިޔައީ "ރާދޭ: ޔުއާ މޯސްޓް ވޯންޓެޑް ބާއީ" އިންނެވެ. މި ފިލްމުން ދިޝާ ޕަޓާނީ ޖެކީ ޝޮރޮފް އަދި ރަންދީޕް ހޫޑާ މުހިއްމު ރޯލު ތަކުން ފެނިގެންދިޔައެވެ.

މިހާރު ސަލްމާން މަސައްކަތް ކުރަމުން ދަނީ "ޓާއިގާ 3″ގެ ޝޫޓިންގައެވެ. މި ފިލްމުގެ އިތުރުން "ކިކް 2″ އަކީ ވެސް ސަލްމާންގެ ކުރިއަށް އޮތް ޕްރޮޖެކްޓެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.