ބޮމްބޭ ބޭގަމްސް އާއި ދެކޮޅަށް ފުލުހަށް މައްސަލައެއް!

ބޮމްބޭ ބޭގަމްސް އާއި ދެކޮޅަށް ފުލުހަށް މައްސަލައެއް!

Author
ފާތިމަތު ނާވީ
01 ޖޫން 2021 09:43
0

އިންޑިއާގެ "ދަ ނޭޝަނަލް ކޮމިޝަން ފޯ ޕްރޮޓެކްޝަން އޮފް ޗައިލްޑް ރައިޓްސް"( އެންސީޕީސީއާރް) އިން ނެޓްފްލިކްސްގެ ސީރީސްއެއް ކަމަށްވާ "ބޮމްބޭ ބޭގަމްސް" އާއި ދެކޮޅަށް މައްސަލަ ޖައްސައިފި އެވެ.

އެންސީޕީސީއާރް އިން ބުނެފައިވަނި މި ވެބް ސިރީޒުން ކުޑަ ކުދިން މަސްތުވާތަކެތި ބޭނުންކުރުމާއި ކުޑަކުދިން އެބިއުސް ކުރުމަށް ބާރުދޭ ކަމަށާއި މިކަންކަމަކީ އާދައިގެ ކަންކަމުގެ ގޮތުގައި ދައްކާ ކަމަށެވެ.

މިފަދަ ތުހުމަތު ތަކާއެކު އެންސީޕީސީއާރް އިން މިއަހަރުގެ މާރިޗު މަހު މި ސީރީޒް ސްޓްރީމް ކުރުން ހުއްޓާލުމަށް ނެޓްފްލިކްސްގައި ވެސް އެދިފައި ވެއެވެ.

މި ވެބް ސީރީޒާއި ގުޅުންހުރި، ނަން ހާމަ ކުރުމަށް ބޭނުން ނުވާ ފަންނާނަކު ބުނީ މިއީ ތެދުވާހަކަ ތަކެއް ކަމަށް ނުދެކޭ ކަމަށެވެ. އެގޮތުން ސީރީޒްގައި ދައްކަނީ މިހާރުގެ މުޖުތަމައުން ފެންނަ މަންޒަރު ކަމަށާއި އެއްވެސް ގޮތަކަށް މި ކަންތައް އާދައިގެ ކުދިކުދި ކަންކަމުގެ ގޮތުގައި ދައްކުވައިދޭކަމަށް ނުދެކޭ ކަމަށެވެ.

މިކަމާއި ގުޅިގެން 14 އަހަރުގެ އެކްޓްރެސް އާދްޔާ އާނަންގެ ބައެއް މަންޒަރުތަށް ސީރީޒުން ނަގަންޖެހުންވެސް އެކަށީގެން ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.