ޕަލަކް ޗައުދަރީ އޭނާގެ ވެރިފައިޑް އިންސްޓަގްރާމް އެކައުންޓް ޑިލީޓް ކޮށްލައިފި

ޕަލަކް ޗައުދަރީ އޭނާގެ ވެރިފައިޑް އިންސްޓަގްރާމް އެކައުންޓް ޑިލީޓް ކޮށްލައިފި

ޓީވީ ތަރި ޝްވެތާ ތިވާރީގެ އަންހެން ދަރިފުޅު ޕަލަކް ޗައުދަރީ އޭނާގެ އިންސްޓްގްރާމް އެކައުންޓް ޑިލީޓް ކޮށްލައިފި އެވެ.

ޕަލަކްގެ އެކައުންޓަކީ ވެރިފައިޑް އެކައުންޓެކެވެ. އަދި ހަމަ އެހެންމެ އޭނާ މިހާރު  ބޭނުން ކުރަމުން ދަނީ "ޕްރައިވެޓް" އެކައުންޓެކެވެ.

ޕަލަކް އޭނާގެ އިންސްޓަގްރާމް އެކައުންޓް ޑްލީޓް ކޮށްފައިވަނީ ޝްވެތާ އާއި އޭނާގެ މިހާރުގެ ފިރިމީހާ އަދި ޕަލަކްގެ ދޮންބައްޕަ އަބީނަވް ކޯލީއާ ދެމީހުންގެ މެދުގައި ކުރިޔަށްދާ މައްސަލައާއި ގުޅިގެންނެވެ.

މި މަހުގެ ކުރީކޮޅުގައި އަބީނަވް ވަނީ ޝްވެތާއާއި ޚިލާފަށް މައްސަލަ ހުށަހަޅާފަ އެވެ. އެގޮތުން އޭނާ ބުނެފައުވަނީ ޝްވެތާ އޭނާއަށް އެންގުމަކާއި ނުލާ އޭނާގެ ފިރހެން ދަރިފުޅު ތަނެއްގައި ބަންދުކޮށް ފުރައިގެން ގައުމުންބޭރަށް ގޮސްފައި ވާކަމަށެވެ. ނަމަވެސް މި ތުހުމަތު ޝްވެތާ ވަނީ ދޮގުކޮށްފަ އެވެ.

ހަމަ އެހެންމެ ޝްވެތާ ބުނެފައި ވަނީ އެދެމީހުންގެ ދަރިން ބެލުމަށް އެއްވެސް ޚަރަދެއް އަބީނަވް ކޮށްފައިނުވާ ކަމަށެވެ. މިކަމަށް ރައްދު ދެމުން އަދި މި ވާހަކަ އަކީ ދޮގު ވާހަކައެއް ކަމަށް ބުނަމުން އަބީނަވް ވަނީ ވީޑިއޯއެއް ހިއްސާކޮށްފަ އެވެ. އަދި އޭނާ ބުނެފައި ވަނީ ޝްވެތާގެ ބޭންކް އެކައުންޓަށް އޮންލައިންކޮށް ފައިސާ ފޮނުވަމުން ގެންދާކަމަށެވެ.

 

View this post on Instagram

 

A post shared by Shweta Tiwari (@shweta.tiwari)

އުމުރުން 20 އަހަރުގެ ޕަލަކް މިހާރު އިންތިޒާރު ކުރަމުން ދަނީ އޭނާ ބޮލީވުޑަށް ތަޢާރަފްވާ ފިލްމު "ރޯސީ"ގެ ފައިނަލް ޝެޑިއުލް އަށެވެ. މި ފިލްމަކީ ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށްގެން އުފައްދާ ބިރުވެރި ފިލްމެކެވެ. މި ފިލްމު ޑައިރެކްޓް ކޮށްފައިވަނީ ވިޝާލް މިޝްރާއެެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *