ނޭހާގެ ދެމަފިރިންގެ އާ ލަވަ ބަލައިފިންތަ؟

ނޭހާގެ ދެމަފިރިންގެ އާ ލަވަ ބަލައިފިންތަ؟

Author
ފާތިމަތު ނާވީ
22 މެއި 2021 08:35
0

ނޭހާ ކައްކަރް އަދި ރޯހަން ޕްރީތުގެ އާ ލަވަ "ޚަދް ތެންނޫ މޭން ދައްސާ" ވަނީ މިދިޔަ އަންގާރަ ދުވަހު ރިލީސްކޮށްފަ އެވެ. މި ދެމަފިރިންގެ އެކުގައި ފެނިގެންދާ މި ލަވައިން ދައްކަނީ ކައިވެންޏަށްފަހު ދިރިއުޅުމަށް އަންނަ ބަދަލުތަކެވެ.

މި ވީޑިއޯ ފެށިގެން ދަނީ ރޯހަންޕްރީތު ނޭހާގެ އުފަންދު ވަސް ހަނދާން ނެތުމުން އެކަމާ ނޭހާ ރުޅިއައިސްގެން އުޅެނިކޮށެވެ. މީގެ ފަހުން ރޯހަން ޕްރީތު ކައިވެންޏަށްފަހު ބަދަލުވެފައިވާ ކަމަށް ނެހާ ޝަކުވާ ކުރާއިރު ރޯހަން ދެކޭ ގޮތުގައި ނޭހާ އޭނާ ބަލައިގަންނަނީ "ގްރާންޓެޑް" ކޮށެވެ.

ޕަންޖާބީ މި ލަވަ ކިޔާފައި ވަނީ ވެސް މި ދެމަފިރިންނެވެ. މި ލަވަ ރިލީސްކުރިކަން ނޭހާ އިއުލާން ކޮށްފައިވަނީ އޭނާގެ އިންސްޓްގްރާމުގައި ވީޑިއޯއެއްގެ ޒަރިއްޔާއިންނެވެ.

މި ލަވައަަށް ވަރަށް ގިނަ ބެލުންތެރިންގެ ސަމާލުކަން ވަނީ ލިބިފައެވެ. ނޭހާ އާއި ރޯހަންގެ ކައިވެންޏަށް އަންނަ ހޯމަ ދުވަހު 7 މަސް ފުރޭނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.