ގީތާ ކަޕޫރު އަދިވެސް ހުއްސަރިބައި!

ގީތާ ކަޕޫރު އަދިވެސް ހުއްސަރިބައި!

Author
ފާތިމަތު ނާވީ
20 މެއި 2021 12:30
0

މަޝްހޫރު ކޮރެއޮގްރާފަރ އަދި ނެށުންތެރިޔާ ގީތާ ކަޕޫރްގެ ނިތް ކުރީގައި "ސިންދޫރު" ޖަހާފައިވާ ފޮޓޯއެއް ހިއްސާ ކުރުމުން ބެލުންތެރިންގެ ވަރަށް ގިނަ ސުވާލުވަނީ ގީތާއާ ކުރިމަތިވެފަ އެވެ.

ގީތާ އަކީ އިންޑިއާގެ ޓީވީ ޝޯވ ސުޕަރ ޑާންސާގެ ޖަޖެކެވެ. މީގެ އިތުރުންވެސް އެތައްގިނަ ޑާންސް ޝޯވއެއްގައި އޭނާ ވަނީ ފެނިގެންގޮސްފައެވެ. އެގޮތުން އޭނާއަކީ ވަރަށް ގިނަ ބެލުންތެރިން ގަޔާވާ ފަންނާނެކެވެ. ނަމަވެސް 47 އަހަރުގެ ގީތާ އަދި މިހާތަނަށް ކައިވެންޏެއް ކޮށްފައެއް ނުވެއެވެ.

ވަރަށް ފަހުން އޭނާ ހިއްސާކުރި ފޮޓޯއެއްގައި އޭނާ ހުރީ ސިންދޫރު ޖަހާފަ އެވެ. މި ފޮޓޯ ހިއްސާ ކުރުމާއި އެކުގައި ގިނަ ބެލުންތެރިންގެ ސުވާލަކީ " ގީތާ މާ ކައިވެނި ކުރީ ހެއްޔެވެ؟"

 

View this post on Instagram

 

A post shared by Geetakapur (@geeta_kapurofficial)

މިސުވާލަށް ޖަވާބު ދެމުން ގިތާ ބުނެފައިވަނީ އޭނާ ކައިވެނި ނުކުރާކަމަށާއި، އޭނާ ކައިވެނި ކުރިނަމަ އެކަން ސިއްރުނުކުރާނެ ކަމަށެވެ. އޭނާ އެދުވަހު ހެދުން އަޅާފައި ހުރީ ރޭކާ ހެދުން އަަޅާ ގޮތަށް ކަމަށްވެސް ގީތާ ވަނީ ބުނެފައެވެ. އަދި ރޭކާވެސް ސިންދޫރު އަޅާތީ އޭނާވެސް ސިންދޫރު އެޅީކަމަށްވެސް ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.