ސަލްމާނާއެކު މިހުރީ ކާކުކަން އެނގޭތަ؟

ސަލްމާނާއެކު މިހުރީ ކާކުކަން އެނގޭތަ؟

Author
ފާތިމަތު ނާވީ
20 މެއި 2021 09:33
0

ސަލްމާން ޚާންގެ ބޮޑީ ޑަބަލްއެއްގެ ގޮތުގައި މަސައްކަތް ކުރާ ޕަރްވޭޒް ކާޒީ އާއި ސަލްމާން "ރާދޭ: ޔުއާ މޯސްޓް ވޯންޓޭޑް ބާއީ"ގެ ސެޓުގައި ނަގާފާވާ ފޮޓޯއެއް ވަނީ އާންމުކޮށްފަ އެވެ.

މިފޮޓޯގައި ދެމީހުން ވެސް ތިބީ އެއްވައްތަރުގެ ގަމީސް ލައިގެންނެވެ. އަޅި ކުލައިގެ ޓީޝާޓެއްގެ މަތިން ނޫކުލައިގެ ގޮޅިޖެހި ގަމީހެއް ލައިގެންނެވެ.

 

View this post on Instagram

 

A post shared by Parvez Kazi (@parvezzkazii)

މި ފޮޓޯ ބެލުންތެރިންނާއި ހިއްސާ ކޮށްފައިވަނީ ޕަރްވޭޒް އެވެ. ފޮޓޯ އާންމުކުރަމުން އެނާ ލިޔެފައިފައިވަނީ " ބާއީއާ އެކުގައި" މިހެންނެވެ. ބެލުންތެރިންގެ ވަރަށް ބޮޑު ސަމާލުކަމެއް ވަނީ މި ފޮޓޯއަށް ލިބިފަ އެެވެ. އެގޮތުން ވަރަށް ގިނަ ބަޔަކު މި ފޮޓޯއަށް ކޮމެންޓްކޮށް ލައިކް ވަނީ ދީފައެވެ.

 

View this post on Instagram

 

A post shared by Parvez Kazi (@parvezzkazii)

ސަލްމާންގެ ބޮޑީ ޑަބަލްގެ ގޮތުގައި ޕަރްވޭޒްވަނީ އެހެން ފިލްމުތަކުގައިވެސް މަސައްކަތް ކޮށްފަ އެވެ. އެގޮތުން "ދަބަންގް 3″، "ބާރަތު"، "ރޭސް 3″، "ޓައިގަރ ޒިންދާހޭ" އަދި "ޕްރޭމް ރަތަން ދަން ޕާޔޯ" ހިމެނެއެވެ. ހަމަ އެހެންމެ މިއިން ކޮންމެ ސެޓަކުންވެސް ޕަރްވެޒް ވަނީ ބެލުންތެރިންނާ ފޮޓޯއެއް ހިއްސާކޮށްފަ އެވެ.

ބޮޑީ ޑަބަލް އާންމުކޮށް ބޭނުންކުރަނީ ތަރިންނަށް ނުކުޅެވޭފަދަ މަންޒަރުތައް ނުވަތަ ނުރައްކާތެރި ސްޓަންޓްތައް ޝޫޓްކުރުމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.