ކޯވިޑްގެ ސަބަބުން ނަފްސާނީ ގޮތުން ބަލިކަށިވެއްޖެ: ސުމޯނާ

ކޯވިޑްގެ ސަބަބުން ނަފްސާނީ ގޮތުން ބަލިކަށިވެއްޖެ: ސުމޯނާ

Author
ފާތިމަތު ނާވީ
18 މެއި 2021 11:21
0

މަޝްހޫރު ކޮމެޑީ ޝޯވ ކަޕިލް ޝަރްމާ ޝޯވގެ ފަންނާނެއް ކަމަށްވާ ސުމޯނާ ޗަކްރަވަތީ ވަނީ ފުރަބަންދުގެ ސަބަބުން އޭނާގެ މެންޓަލް ހެލްތު އިތުރަށް ގޯސްވާ ކަމަށް ބުނެފަ އެވެ.

މީގެ އިތުރުން އޭނާގެ ވަޒީފާ ގެއްލިފައިވާ ކަމަށާއި 2011 ވަނަ އަހަަރުން ފެށިގެން އެންޑޮމެޓްރިއޯސިސް އާއި ހަނގުރާމަ ކުރަމުންދާ ވާހަކަ އޭނާ ވަނީ ހިއްސާކޮށްފަ އެވެ.

އާންމުކޮށް އޭނާގެ ސިއްހަތު ރަނގަޅަށް ބެހެއްޓުމަށް ރަނގަޅު ކާނާ އަދި ކަސްރަތުގެ އިތުރުން ހިތް ހަމަޖެހުން ބޭނުންވާކަމަށާއި އެހެންނަމަވެސް މި ފުރަބަންދުގެ ތެރޭގައި އޭނާގެ ނަފްސާނީ ހާލަތު އިތުރަށް ގޯސްވެފައިވާކަމަށް ސުމޯނާ ވަނީ ބުނެފައެވެ.

ކަސްރަތު ކުރާ ފޮޓޯއެއް ހިއްސާކުރަމުން އޭނާ ލިޔެފައިވަނީ ވަރަށް ގިނަ ދުވަހަށްފަހު ރަނގަޅު ކަސްރަތެއް ކުރެވުނު ކަމަަށެވެ.

ސުމޯނާ އަކީ ސްޓޭންޑަޕް ކޮމޭޑިއަނެއްގެ އިތުރުން ބައެއް ޓީވީ ސީރީޒް ތަކުންވެސް ފެނިފައިވާ ތަރިއެކެވެ. މީގެ އިތުރުން ބައެއް ފިލްމުތަކުންވެސް އޭނާ ފެނިފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.