ސަލްމާން ޚާންގެ އާއިލާގެ ބައެއް މެމްބަރުން ވަނީ ކޯވިޑް 19 އާއި ކޮންޓެކްޓް ވެފައެވެ. އޭނާގެ ކުރިއަށް އޮތް ފިލްމު ރާދޭގެ ޕްރެސް ކޮންފަރެންސްއެއްގައި ސަލްމާން ބުނެފައިވަނީ އޭނަގެ ކޮއްކޮ އަލްވިރާ އަދި އަރްޕިތާ މި ބައްޔަށް އެކްސްޕޯސްވެފައި ވާކަމަށެވެ.
އޭނާ ބުނެފައިވަނި މި ދެމީހުންގެ ފަރާތުންވެސް ބަލީގެ އަލާމާތެއް އަދި ނުފެންނަކަމަށެވެ. އަދި ކޮވިޑްގެ ދެވަނަ ވޭވް ކުރިއަށްވުރެ ވެސް ނުރައްކާތެރިކަމަށް ސަލްމާންވަނީ ބުނެފައެވެ.
މީގެ ކުރިން އަޕްރިތާ ވަނީ މިދިޔަ އެޕްރީލް މަހު ކޮވިޑަށް ޕޮޒިޓިވްވެފަ އެވެެ. އަދި މި ދުވަސްތަކުގައި އޭނާ ހުރިހާ ގަވާއިދަކާއި އެއްގޮތަށް އަމަލު ކުރި ކަމަށާއި މިހާރު އޭނަ ރަނގަޅު ކަމަށް ވެސް ވަނީ ބުނެފައެވެ.
މިދިޔަ މަހުގައި ސަލްމާންވަނީ ފޮރޮންޓްލައިންގައި މަސައްކަތް ކުރާ 5000 ފަރާތަކަށް ކާނާ ފޯރުކޮށްދީފަ އެވެ. އަދި ސަލްމާން އަމިއްލަ އަށް ކާއެއްޗެހި ބެހުމާއި ރަހަ ބެލުން ފަދަ ކަންކަން ކުރަން އުޅުނު ތަން ފެންނަ ވީޑިއޯއެއް ވެސް ވަނީ އާންމުވެފަ އެވެެ.
ސަލްމާނަކީ ކޯވިޑް19ގެ މިހާރުގެ ހާލަތުން އިންޑިއާ އަރައިގަތުމަށް ކުރާ މަސައްކަތުގައި ގިނަ އެހީތަކެއް ވަމުން އަންނަ ތަރިއެކެވެ.