ކަރީނާގެ ދެ ދަރިންގެ ފޮޓޯއެއް އޭނާ ދައްކާލައިފި

ކަރީނާގެ ދެ ދަރިންގެ ފޮޓޯއެއް އޭނާ ދައްކާލައިފި

Author
ފާތިމަތު ނާވީ
13 މެއި 2021 08:14
0

ކަރީނާ ކަޕޫރް ވަނީއޭނާގެ ދެ ފިރިހެންދަރިންގެ އާ ފޮޓޯއެއް މަންމައިންގެ ދުވަހުގެ މުނާސަބަތުގައި ބެލުންތެރިންނާއި ހިއްސާކޮށްފަ އެވެ. ކަރީނާ ކަޕޫރުގެ ދެވަނަ ދަރިފުޅަށް މި އަހަރުގެ ފެބުރުވަރީ މަހުގައި މަރުހަބާ ކިޔާފައިވާއިރު އަދި މި ކުއްޖާގެ ނަމެއްވެސް އަދި މޫނު ރަނގަޅަށް ފެންނަ ފޮޓޯއެއްވެސް އާންމު ކޮށްފައެއް ނުވެއެވެ.

މި ފޮޓޯ ހިއްސާ ކުރަމުން ކަރީނާ ކަޕޫރު ވަނީ ހުރިހާ މަންމައިންނަށް މަންމައިގެ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ކިޔާފައެވެ. އަދި އޭނާ ބުނެފައިވަނީ އޭނާގެ ދަރިން އޭނާ އަށް ދިރިއުޅުމަށް އާ އުއްްމީދެއް ގެނުވާކަމަށެވެ.

ކަޅާއި ހުދުގެ މި ފޮޓޯއިން ފެނިގެން ދަނީ ތައިމުރް އޭނާގެ ކޮއްކޮ އުރައިގެން އިންނަ ތަނެެވެ. މީގެ އިތުރުން ސަބާ އަލީ ޚާންވަނީ ސައިފް އާއި އޭނާގެ ހަގު ދަރިފުޅާއި އެކުގައި ނަގާފައިވާ ފޮޓޯއެއް ވެސް ހިއްސާކޮށްފަ އެވެ.

ކަރީނާގެ ދެދަރީގެ އިތުރުން ސައިފްގެ ފުރަތަމަ ކައިވެންޏަށް ސާރާ އަލީ ޚާން އަދި އިބްރާހިމް އަލީ ޚާން ވަނީ ލިބިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.