ރުބީނާ ވެސް ކޯވިޑަށް ޕޮޒިޓިވް

ރުބީނާ ވެސް ކޯވިޑަށް ޕޮޒިޓިވް

Author
ފާތިމަތު ނާވީ
03 މެއި 2021 07:23
0

އިންޑިއާގައި ކޯވިޑް 19ގެ ހާލަތުވަނީ ވަރަށް ގޯސްވެފައެވެ. މިއާއި އެކުގައި ގިނަ އަދަދެއްގެ ފިލްމީ ތަރިންވެސް ވަނީ ކޯވިޑް 19 އަށް ޕޮޒިޓިވްވެފައެވެ. އެގޮތުން މީގެ ދެމަސް ކުރިން ބިގް ބޮސް 14 ކާމިޔާބު ކުރި ރުބީނާ ދިލައިކް ވެސް ވަނި ކޯވިޑަށް ޕޮޒިޓިވްވެފަ އެވެ.

މިވަގުތު ރުބީނާ ހުރީ ޝިމްލާގައެވެ. އޭނާ ބުނެފައިވަނީ ޓެސްޓު ކުރުމުގެ ކުރިން އޭނާއަށް ބަލީގެ އަލާމާތްތައް ދެތިން ދުވަހު ފެނުނު ކަމަށެވެ. އެގޮތުން ގައިގެ ވަރު ދޫވުމާއި ގައިގާ ރިއްސުމާއި އަދި ހުން އައުން ހިމެނެއެވެ. އިތުރަށް ވާހަކަ ދައްކަމުން ރޫބީނާ ބުނެފައިވަނީ އޭނާ މިވަގުތު ހުރީ ހޯމް ކަރަންޓީނުގައި ކަމަށެވެ. ގޭގައި ކަރަންޓީނުވެގެން ހުރުމުން ކުޑަކޮށް ހިތްހަމަ ޖެހުން ލިބޭކަމަށާއި އަދި އޭނާ ބޭނުންވަނީ ރަނގަޅުވުމުން ޕްލާސްމާ ޑޮނޭޓް ކުރުމަށް ކަމަށެވެ.

 

View this post on Instagram

 

A post shared by Rubina Dilaik (@rubinadilaik)

މިވަގުތު އޭނާގެ ފިރިމީހާ އަބީނަވް ހުރީ ޕަންޖާބުގަ އެވެ. ރޫބީނާގެ ޝެޑިއުލް މިވަގުތު ވަރަށް ބިޒީ ނަމަވެސް އޭނާއަށް ދެން ޖެހޭނީ ކުޑަ ބްރޭކްއެއް ނަގަން ކަމަށް ރުބީނާ ވަނީ ބުނެފައެވެ. އަދި މިވަގުތު އޭނާގެ ސިއްހަތަށް ވުރެ މުހިއްމު އެހެން ކަމެއް ނެތް ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.