އޮކްސިޖަން ކޮންސެންޓްރޭޓަރު ގަތުމަށް ހަރްޝްވަރުދަންގެ ސައިކަލު ވިއްކާލަނީ

އޮކްސިޖަން ކޮންސެންޓްރޭޓަރު ގަތުމަށް ހަރްޝްވަރުދަންގެ ސައިކަލު ވިއްކާލަނީ

އިންޑިއާގައި ކޯވިޑް 19ގެ ހާލަތު މިހާރު ވަނީ ކޮންޓްރޯލުން ނައްޓާފައޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އެގޮތުން ދުވާލެއްގެ މައްޗަށް 4 ލައްކައާ ގާތްކުރާ މިންވަރަށް މިހާރު އެގައުމުގައި މީހުން ކޯވިޑަށް އަންނަނީ ޕޮޒިޓިވް ވަމުންނެވެ. މިކަމުގެ ސަބަބުން އެގައުމުގެ ބައެއް ސްޓޭޓްތަކުގައި ހޮސްޕިޓަލްތަށް ފުރި އޮކްސިޖަން ލިބުމުގެ ދަތިކަމާއި ވަނީ ކުރިމަތިލާން ޖެހިފައެވެ.

މި ހިތާމަވެރި ދަނޑިވަޅުގައި ކޮރޯނާގެ މި ބަލިމަޑުކަމުން އަރައިގަތުމަށް ކުރާ މަސައްކަތަށް އެކިއެކި އަމިއްލަ ފަރާތްތަކުން ދަނީ އެމީހަކަށް ވެވުނު އެހީތެރިކަމެއް ވަމުންނެވެ. އަދި މީގެ ތެރޭގައި ބައެއް ފިލްމީ ތަރިންވެސް ހިމެނެއެވެ. މީގެ އިތުރުން ބޮލީވުޑްގެ ގިނަ ތަރިން ގެންދަނީ އެމީހުންގެ ސަޕޯޓަރުން މި ދަނޑިވަޅުގައި ގޭގައި ރައްކާތެރިކަމާއި އެކު ތިބުމަށް އިލްތިމާސްކުރަމުންނެވެ.

ފިލްމު "ސަނަމް ތޭރީ ކަސަމް" އިން ފެނިގެން ގޮސްފައިވާ ހަރްޝްވަރުދަން ރާނޭ ވަނީ އޭނާގެ ސައިކަލު ވިއްކާލަން ބޭނުންވާކަމަށް ބުނެފައެވެ. އަދި މިއީ އޮކްސިޖަން ކޮންސެންޓްރޭޓަރު ގަތުމަށް ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ. އޭނާގެ މި އަމަލާއި އެކުގައި ވަރަށް ގިނަ ފަރާތްތަކުންވަނީ އޭނާއަށް ތައުރީފް ކޮށްފަ އެވެ. އޭނާގެ ސައިކަލަކީ ރީނދޫކުލައިގެ ރޯޔަލް އެންފީލްޑް ބްރޭންޑްގެ ސައިކަލެކެވެ.

 

View this post on Instagram

 

A post shared by Harshvardhan Rane (@harshvardhanrane)

ރާނޭ އިންސްޓްގްރާމުގައި ހިއްސާކުރި ޕޯސްޓެއްގައި އޭނާގެ ސައިކަލު ދޮންނަ މަންޒަދު ފެނިގެން ދެއެވެ. މި ޕޯސްޓްގައި އޭނާ ބުނެފައިވަނީ ސައިކަލުގެ ބަދަލުގައި ލިބޭ އޮކްސިޖަން ކޮންސެންޓްރޭޓަރުތައް ކޯވިޑާއި ހަނގުރާމަކުރާ މީހުން ބޭނުންކުރަން ހަދިޔާކުރާނެ ކަމަށެވެ. އަދި ހައިދްރައާބާދުން ރަނގަޅު އޮކްސިޖަން ކޮންސެންޓްރޭޓަރު ހޯދުމަށް އޭނައަށް އެހީވުމަށް ވަނީ އެދިފައެވެ.

ހަރްޝްވަރުދަންގެ އިތުރުން އެހެން ފިލްމީ ތަރިންވެސް ގެންދަނީ އިންޑިއާގެ މިހާރުގެ ހާލަތުން އަރައިގަތުމަށް ގިނަހުނަ އެހީތަކެއް ފޯރުކޮށްދެމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *