ސައުތު އިންޑިއަން ސުޕަސްޓަރ ރާމް ޗަރަންގެ ވެނިޓީ ވޭން ޑްރައިވަރ ކޯވިޑް 19ގައި މަރުވުމުން ރާމް އަމިއްލައަށް ގޭގައި އައިސޮލޭޓް ވެއްޖެ އެވެ.
ރާމް ޗަރަންގެ ޑްރައިވަރު ކޯވިޑް ބަލީގައި މަރުވުމުން އޭނާއަށް ވަނީ ފުން އަސަރުތަކެއް ކޮށްފައި ކަމަށާއި ރާމް އަކީ އޭނާގެ މުޅި ޓީމާވެސް ގާތް ގުޅުމެއް ބާއްވާ ތަރިއެއް ކަމަށް ރިޕޯޓްތައް ބުނެއެވެ.
މީގެ އިތުރުން އޭނާ މިހާރު މަސައްކަތް ކުރަމުންދާ ފިލްމު "އަޗަރްޔާ"ގެ މަސައްކަތްވެސް ކޯވިޑްގެ ސަބަބުން މިހާރު ވަނީ ހުއްޓިފައެވެ. ހަމަ މިއާއެކުގައި މިވަގުތު ރާމް ޗަރަންގެ ބޮޑުބޭބެ ޕަވަން ކަލްޔަން ވެސް ދަނީ ކޯވިޑް 19 އަށް ފަރުވާ ހޯދަމުންނެވެ. ޕަވަން ކޯވިޑަށް ޕޮޒިޓިވްވެފައިވާކަން އެނގުނީ އޭނާއާއި އެކުގައި މަސައްކަތް ކުރަމުންދާ މުވައްޒަފަކު ކޯވިޑަށް ޕޮޒިޓިވްވުމުން ހެދި ޓެސްޓުންނެވެ.
"އަރްޗަޔާ"ގެ ޝޫޓިންގގެ ގިނަ ބައިތައް ނިމިފައިވާއިރު ބާކީ ހުރީ ހަމައެކަނި 10-12 ދުވަހުގެ މަސައްކަތެވެ. އަދި މި ފިލްމުގެ ޑައިރެކްޓަރު ބުނެފައިވާ ގޮތުގައި މިވަގުތު ފިލްމު ނިންމުމަށްވުރެން މުހިއްމީ ޓިމުގެ މެމްބަރުންނާއި ތަރިންގެ ސިއްހަތާއި ރައްކާތެރިކަމެވެ.
Thank you for your kind acknowledgement Madam Governor@DrTamilisaiGuv , on behalf of #CCC. Your appreciation means a lot to every member who is contributing to this initiative through #CoronaCrisisCharity ( #CCC) https://t.co/n6vgeCuznp
— Chiranjeevi Konidela (@KChiruTweets) April 22, 2021
ހަމައެހެންމެ މި ފިލްމުގައި ރާމް ޗަރަންއާއެކު ފެނިގެންދާނެ ސައުތު އިންޑިއަން މެގަސްޓަރ ޗިރަންޖީވީ ވަނީ ކޮރޯނާ ވައިރަސްއިން ދިފާއުވާ ވެކްސި ޖެހުމުގެ ފުރުސަތު އާޓިސްޓުން ނަށާއި 45 އަހަރުންމަތީގެ ނޫސްވެރިންނަށް މުޅިން ހިލޭ ހުޅުވާލާފަ އެވެ.