އިންޑިއާގެ މާޝްހޫރު ދީނީ ޢިލްމު ވެރިޔާ، އަދި ސުލްހައަށް މައްސައްކަތް ކުރާ މަޝްހޫރު އެކްޓިވިސްޓް މައުލާނާ ވަހީދުއްދީން ޚާން ކޯވިޑް ބަލީގައި، އިންޑިއާގެ ނިއުދިއްލީގައި ނިޔާވެއްޖެ ކަމަށް އޭނާގެ އާއިލާގެ ފަރާތުން ހާމަ ކޮށްފިއެވެ. އަވަހާރަ ވިއިރު އޭނާގެ އުމުރަކީ 96 އަހަރެވެ.
ކޯވިޑް19 އަށް ޕޮޒިޓިވް ވުމުގެ ސަބަބުން ޚާން ދާދިފަހުން ވަނީ ވެރިރަށް ނިއު ޑެލްހީގެ ހޮސްޕިޓަލެއްގައި އެޑްމިޓްވެސް ކުރެވިފައެވެ.
"މަތިވެރި އިސްލާމީ ޢިލްމްވެރިޔާ މައުލާނާ ވަހީދުއްދީން ވަނީ މިއަދު ހަވީރު އެންމެ ފަހުގެ ނޭވާ މި ދުނިޔެއަށް ދޫކޮށްފަ. އޭނާ ފުރާނަ ސަލާމްތަ ކުރުމަށް ޑޮކްޓަރުން ކުރި މަސައްކަތްތައް ވަނީ ނާކާމިޔާބު ވެފަ. އޭނާއަށް ހެޔޮ ރަހުމަތްލެއްވުން އެދި ދުޢާކޮށް ދެއްވުން އެދެން،" ޚާންގެ ދޮށީ ދަރިފުޅު ޒަފަރުލް އިސްލާމް ޓުވީޓް ކޮށްފައި ވެއެވެ.
Islamic scholar Maulana Wahiduddin Khan was buried at noon today in Panjpeeran Qabristan near Basti Hazrat Nizamuddin. Buried in same qabristan are his mother Zaibunnisa n wife Sabi'a Khatoon. Seen are his grandsons lifting his body to place in grave. Pl pray for his maghfirat. pic.twitter.com/LuPuEyIMRQ
— Zafarul-Islam Khan (@khan_zafarul) April 22, 2021
އިންޑިއާގެ އަޒަމްގާރަށް 1925 ވަނަ އަހަރު އުފަންވެ ވަޑައިގަތް ޚާން ދުނިޔެއަށް މަޝްހޫރު ވެފައިވަނީ، ދުނިޔޭގެ ސުލްޙައަށް އޭނާ ކުރައްވާފައިވާ މަސައްކަތްތަކުގެ ސަބަބުންނެވެ.
2009 ވަނަ އަހަރު، އެމެރިކާގެ ވޮޝިންގޓަންގ ޑީސީގެ ޖޯޖުޓައުން ޔުނިވަރސިޓީން ހޮވި ދުނިޔޭގެ އެންމެ ނުފޫޒު ގަދަ 500 މުސްލިމުންގެ ތެރޭގައި އޭނާގެ ނަން ހިމަނާފައިވަނީ، "ދުނިޔޭގެ އިސްލާމް ދީނުގެ ރޫޙާނީ ލީޑަރު"ގެ ގޮތުގައެވެ.
ސަގާފީގޮތުން، ސުލްޙަ ގާއިމް ކުރުމަށް އެހީތެރި ވެދިނުމުގެ ގޮތުން، 2001 ވަނަ އަހަރު އޭނާ ވަނީ، "ސެންޓަރ ފޯ ޕީސް އެންޑް ސްޕިރިޗުއަލިޓީގެ" ނަމުގައިޚާއްސަ ސެންޓަރެއް ގާއިމް ކޮށްފައެވެ.
ޚާން ވަނީ، 1992 ވަނަ އަހަރު، ހައްދު ފަހަނަ އަޅާފައިވާ ހިންދޫން، 16 ވަނަ ގަރުނުގެ މަޝްހޫރު ބާބަރީ މިސްކިތް ތަޅާލުމާއި ގުޅިގެން އިންޑިއާގެ ވެސްޓަން މަހާރާސްތުރާގައި، 15 ދުވަހުގެ ސުލްހައިގެ ހިގާލުމެއް ބާއްވާފައެވެ.
އޭނާވަނީ ޤުރުއާން ތަރުޖަމާގެ 2 ވޮލިއުމެއް ލިޔުއްވާ ޝާއިއު ކުރައްވާފައެވެ.
ޚާން ނިޔާވުމާއި ގުޅިގެން، އިންޑިއާގެ ބޮޑޫވަޒީރު ނަރެންދުރަ މޯޑީ ވަނީ ހިތާމަ ފާޅުކުރައްވާކަމަށް ވިދާޅުވެފައެވެ.
"އޭނާގެ ހަދާންތައް ދެމިގެންދާނީ، ތިއޮލޮޖީއާއި އަދި ދީނީ އިލްމު ލިބިލައްވާފައިވާލެއް ފުރިހަމަކަމުގެ މައްޗަށް. އޭނާއަކީ، އިޖުތިމާޢީ މަސައްކްތަކަށާއި، އެއްބައިވަންތަ ކަމަށް ނުހަނު ޝައުގުވެރިކަން ބެހެއްޓެވި ބޭފުޅެއް. އޭނާގެ އާއިލާއަށް ތައުޒިޔާ ފޮނުވަން،" މޯޑީ ކުރެއްވި ޓުވީޓެއްގައި ލިޔުއްވާފައި ވެއެވެ.
އިންޑިއާގެ ރައީސް ރާމް ނާތު ކޯވިންދްވެސް ވަނީ، ޚާން ނިޔާވުމާގުޅިގެން ހިތާމާ ކުރައްވާކަމަށް ވިދާޅުވެފައެވެ.