ބަނގުރާ ގެންގުޅެ ވިއްކާކަމުގެ ތުހުމަތުގައި ހުޅުމާލެއިން ދެ ދިވެއްސަކު ފުލުހުން ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ، މި މަހުގެ 21 ވަނަ ދުވަހުގެ ރޭ ހުޅުމާލެ ފޭސް 1ގެ ކަންނެލި ޖެޓީ ސަރަހައްދުގައި މަސްތުވާތަކެތި ވިއްކާ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގި ޕެޓްރޯލެއްގެ ތެރެއިން، ފުލުހުން ފެނުމުން އަމަލުތައް ހުރި ގޮތުން ދެ މީހަކު ހުއްޓުވައި ބަލައިފާސްކުރި ކަމަށެވެ. އެ ބަލައިފާސްކުރުމުގައި 24 ދަޅު ބަނގުރާ ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައިގައި ހައްޔަރުކުރީ ޅ. ނައިފަރު، ރާނީވިލާ، މުޙައްމަދު މުބާރިކް (32އ) އާއި ޅ. ނައިފަރު، ސައިލުގެ، ޙަސަން ޤާސިމް (23އ) އެވެ. ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން މުބާރިކް 15 ދުވަހަށް އަދި ޙަސަން ޤާސިމް ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެ އެވެ.
ކޮމެންޓު ފޮނުވާ