ރާއްޖެއާއި ޓުވާލޫއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް މަޝްވަރާކޮށްފި

ރާއްޖެއާއި ޓުވާލޫއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް މަޝްވަރާކޮށްފި

Author
އަހުމަދު
24 އޮގަސްޓް 2026 08:54
0

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަރިހަށް ޓުވާލޫގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރ އަދި މިނިސްޓަރ އޮފް ފައިނޭންސް އެންޑް އިކޮނޮމިކް ޑިވެލޮޕްމަންޓް، އޮނަރަބްލް ޕަނަޕާސީ ނެލެސޯނޭ އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައި، ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން ކުރިއަށްގެންގޮސްފައި ވަނީ، ދިވެހިރާއްޖޭގައި މިހާރު ކުރިއަށްދާ "ސިޑްސް ގްލޯބަލް ބިޒްނަސް ނެޓްވޯކް ފޯރަމް 2026″ އަދި "އައިލެންޑް އިންވެސްޓްމަންޓް ފޯރަމް" ގެ ހަވާސާގައެވެ. ދެ ބޭފުޅުންގެ މަޝްވަރާގައި މައިގަނޑު ގޮތެއްގައި އަލިއަޅުއްވާލެއްވީ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް ކުރިމަތިވެފައިވާ އިޤްތިޞާދީ އަދި ތިމާވެށީގެ ނާޒުކު ހާލަތްތަކުގެ މައްޗަށެވެ. އޭގެ ތެރޭގައި ކްލައިމެޓް ފައިނޭންސިންގ، ދެމެހެއްޓެނިވި އިންވެސްޓްމަންޓް، އަދި ކުދި ޖަޒީރާ ޤައުމުތަކުގެ ހަޤީޤީ ހާލަތަށް ރިއާޔަތްކުރާ ބައިނަލްއަޤުވާމީ މާލީ ނިޒާމެއްގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަރުޙަބާ ވިދާޅުވެ، ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމުގައި ސިޑްސް ޤައުމުތަކުގެ މެދުގައި ބަދަހި ގުޅުމެއް އޮތުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.