މާލޭގެ މ. ދޫގަސްވިލާގައި މިއަދު ހިނގި އަލިފާނުގެ ހާދިސާއެއްގައި ހަތަރު ބިދޭސީއަކަށް އަނިޔާވެ، އޭގެ ތެރެއިން ދެ މީހެއްގެ ހާލު ސީރިއަސް ކަމަށް ފުލުހުން ބުނެފި އެވެ.
ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނި ގޮތުގައި މި ހާދިސާ ހިނގާފައި ވަނީ މާވެޔޮމަގުގައި ހުންނަ އޭޑީކޭ ފާމަސީ ކުރިމަތީގައި އޮންނަ ހަނި ގޯޅިއެއްގައި ހުރި ދޫގަސްވިލާ ގޭގަ އެވެ. ރޯވި އަލިފާން މިހާރު ވަނީ އެއްކޮށް ކޮންޓްރޯލް ކުރެވިފަ އެވެ.
ފުލުހުން ބުނީ މި ހާދިސާގައި އަނިޔާވި ހަތަރު ބިދޭސީންނަށް އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށާއި، އެއީ ބަންގްލަދޭޝްގެ ދެ މީހަކާއި އިންޑިއާގެ ދެ މީހެއް ކަމަށެވެ. މީގެ ތެރެއިން ދެ މީހެއްގެ ހާލު ސީރިއަސް ކަމަށް ފުލުހުން ފާހަގަކުރެ އެވެ.
ހާދިސާއާ ގުޅޭ އިތުރު ތަފްސީލެއް އަދި ހާމައެއް ނުކުރެ އެވެ.
ކޮމެންޓު ފޮނުވާ