ޕެންޝަން ފަންޑު ރައްކާތެރިކުރުމަށް މަސައްކަތްކުރާނަން: ޔަޒްމީދު

ޕެންޝަން ފަންޑު ރައްކާތެރިކުރުމަށް މަސައްކަތްކުރާނަން: ޔަޒްމީދު

Author
އަހުމަދު
24 އޮގަސްޓް 2026 09:01
0

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ އައު ސީއީއޯ ޔަޒްމީދު މުޙައްމަދު ވިދާޅުވީ ޕެންޝަން ފަންޑަކީ ރައްކާތެރި އަދި ދެމެހެއްޓެނިވި ފަންޑަކަށް ހެއްދެވުމަށް މަސައްކަތްކުރައްވާނެ ކަމަށެވެ.

މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު ވާހަކަދައްކަވަމުން ޔަޒްމީދު ވިދާޅުވީ ޕެންޝަން އޮފީހަކީ ރައްޔިތުންގެ އިތުބާރު ލިބިފައިވާ، ޒަމާނީ އަދި ނަމޫނާ މުއައްސަސާއަކަށް ހެއްދެވުމަށް މަސައްކަތްކުރައްވާނެ ކަމަށެވެ. މި އަމާޒަށް ވާސިލުވުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރަނީ މުވައްޒަފުންކަން ފާހަގަކުރައްވައި، ހުރިހާ މުވައްޒަފުންނަށްވެސް ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު ފުރުޞަތުތައް ފަހިކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވި އެވެ.

އޭގެ އިތުރުން، އެއްބައިވަންތަ ޓީމެއްގެ ގޮތުގައި ހިތްހަމަޖެހުމާއެކު މަސައްކަތްކުރެވޭނެ މާޙައުލެއް ބިނާކޮށްދެއްވުމަށާއި، އިޚްލާޞްތެރިކަމާއެކު ނަތީޖާ ނެރެދިނުމަށް އެންމެހައި މުވައްޒަފުން ގުޅިގެން މަސައްކަތްކުރެއްވުމަށްވެސް ޔަޒްމީދު ބާރުއެޅުއްވި އެވެ.

ޕެންޝަން އޮފީހަކީ ރާއްޖޭގެ ޕެންޝަން ސްކީމްތައް ހިންގައި ބަލަހައްޓާ މިނިވަން މުއައްސަސާއެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.