އިންޑިއާގެ ދެވަނަ ލޮކްޑައުނާ އެކު ބްރަހަމަސްތުރާ އަނެއްކާވެސް ފަސްވެއްޖެ

އިންޑިއާގެ ދެވަނަ ލޮކްޑައުނާ އެކު ބްރަހަމަސްތުރާ އަނެއްކާވެސް ފަސްވެއްޖެ

އިންޑިއާގެ ސްޓޭޓްއެއް ކަމަށްވާ މަހަރާޝްޓްރާ ވަނީ ދެވަނަ ފަހަރަށް ފުރަބަންދުކޮށްފަ އެވެ. މިއީ ކޯވިޑް 19ގެ ދެވަނަ ރާޅުގެ ސީރިއަސްކަން ހާމަކޮށްދޭ ކަމެކެެވެ. ފާއިތުވި ދުވަސްތަކުގައި މަހަރާޝްޓްރާގައި މީހުން ޕޮސިޓިވްވާ އަދަދު ވަނީ ވަރަށް ބޮޑުތަން އިތުރުވެފައެވެ. އެގޮތުން ދުވާލެއްގެ މައްޗައް 60000 މީހުން ޕޮޒިޓިވްވާ ކަމަށް ހަބަރުތަށް ބުނެއެވެ.

މި ކަމާ ގުޅިގެން އޭޕްރީލް މަހުން ފެށީގެން ފުރަބަންދު ކުރުމާ އެކުގައި ހަރުކަށި ފިޔަވަޅު އެޅުމަށް ވަނީ ނިންމާފަ އެވެ. އެގޮތުން ކޮންމެހެން ބޭނުންނުވާ ފިހާރަތަކާއި އެނޫންވެސް އާންމުންނަށް ހުޅުވާލެވިފާވާ ތަންތަން ހާލަތު ރަނގަޅުވަންދެން ބަންދުކުރުމާއި، އެޕްރީލް 30 ވަނަ ދުވަހާއި ހަމައަށް ހުރިހާ ޝޫޓިންގްތައް ވެސް ކެންސަލް ކުރުމަށް ވަނީ އަންގާފަ އެވެ.

މި ފިޔަވަޅުތަކާއި އެކުގައި ބޮޑެތި އެތަކެއް ފިލްމެއްގެ ޝޫޓިންވަނީ ހުއްޓިފަ އެވެ. އޭގެ ތެރޭގައި "ޓައިގާ 3″، "ގަންގޫބާއި ކަތިއަވަޅީ"، "މޭދާން"، "އަދިޕުރުޝް"، "ހީރޯޕަންތީ 2″ އަދި "ޝާބާޝް މިތޫ" ހިމެނެއެވެ. އަދި މިނޫންވެސް އެތަކެއް ޝޫޓިންގ އެއް ވަނީ ހާލަތު ރަނގަޅު ވަންދެން ކެންސަލް ކޮށްފަ އެވެ.

މަސައްކަތަށް ބުރޫއަރާފައި ވާ ފިލްމުތަކުގެ ތެރެއިން "ބްރަހަމަސްތުރާ" އަކީ 2018 ވަނަ އަހަރު މަސައްކަތްފެށި ފިލްމެކެވެ. އަދި މި ފިލްމުގައި މިހާރު ޝޫޓްކުރަން ބާކީ އޮތީ ހަމައެކަނި ލަވަތަކެވެ. އެކި އެކި ސަބަބުތަކާއި ގުޅިގެން މި ފިލްމުގެ ޝޫޓިން ލަސްކުރެވެމުން ގޮސް މިހާރު އަނެއްކާވެސް ވަނީ ވަކި މުއްދަތެއް ނެތް ގޮތަށް ހުއްޓާލެވިފައެވެ. މި ފިލްމަކީ އަޔާން މުކަރްޖީގެ ޑައިރެކްޝަންގެ ދަށުން ކުރިއަށްދާ ފިލްމެކެވެ. އަޔާން މުކަރްޖީއަކީ "ވޭކް އަޕް ސިޑް" އަދި "ޔޭ ޖަވާނީ ހެ ދިވާނީ"ގެ ވެސް ޑައިރެކްޓަރެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *