ދިވިޔަންކާ ތުރިޕާޓީ ވަނީ އޭނާ އާއި އޭނާގެ ފިރިމީހާ ވިވެކް ދާހިޔާއާ ދެމީހުންގެ ގުޅުމުގެ ވާހަކަ ބެލުންތެރިންނާއި ހިއްސާކޮށްފަ އެވެ. މި ދެމީހުން ރައްޓެހިވެގެން އުޅުނުއިރު އެ ވާހަކަ ބުނުމުން އޭނާގެ ބައްޕަ ކަންތައް ކުރި ގޮތުގެ ވާހަކަވެސް އޭނާ ވަނި މި ފުރުސަތުގައި ހިއްސާކޮށްފަ އެވެ.
ދިވިޔަންކާ އާއި ވިވެކް ކައިވެނި ކޮށްފައިވަނީ 2016 ވަނަ އަހަރުގައެވެ. މި ދެމީހުންގެ ވާހަކަ ބުނުމުން އޭނާގެ ބައްޕަ ވަނި މި ދެމީހުންނާ ވަރަށް ގިނަ ސުވާކުތަކެއް ކޮށްފައެވެ.
އެގޮތުން އޭނާގެ ބައްޕަ، ދައްތަ އަދި ބޭބެ ވަނީ ވިވެކް އާއި ސުވާލުކޮށް ހަދާފައެވެ. ހަމަ އެހެންމެ ވިވެކްގެ އާއިލާއިން ދިވިޔަންކާއާއި ވެސް ވަރަށް ގިނަ ސުވާކުތަކެއް ކޮށްފައި ވާކަމަށް އޭނާ ވަނީ ބުނެފައެވެ.
ދިވިޔަންކާ ދެކޭ ގޮތުގައި މިއީ ކުރުން މުހިއްމު ކަމެކެވެ. މިގޮތަށް ކަންތައް ކުރުމުން ކައިވެނި ކުރާ ދެފަރާތުގެ އާއިލާއާއި ބެހޭގޮތުން ކުޑަކޮށް ދަސްވެ ގުޅުން ބަދަހި ވުމަށް މަގުފަހުވެގެން ދާ ކަމަށްވެސް ދިވިޔަންކާ ވަނީ ބުނެފައެވެ.
މި ދެމީހުންގެ ތިންވަނަ ބައްދަލުވުމަށް ފަހު ވިވެކާ ކައިވެނި ކުރަން އޭނާ ނިންމި ނިންމުމަކީ އޭނާގެ ހަޔާތުގައިވެސް ނެގުނު އެންމެ މުހިއްމު އަދި އެންމެ "ބެސްޓް" ނިންމުން ކަމުގައި ދިވިޔަންކާ ވަނީ ބުނެފައެވެ. އެހެންނަމަވެސް ވިވެކް ޕްރޮޕޯސް ކުރުމަށް ފަހު ދެމީހުން ވެސް އާއިލާއާއި ހަމަޔަށް ގެންދިޔައީ ދުވަސްކޮޅެއް ފަހުންކަމަށްވެސް ދިވިޔަންކާ ވަނީ ބުނެފައެވެ.
ބެލުންތެރިންނަށް ދިވިޔަންކާ އެންމެ ފުރަތަމަ ފެނިގެން ގޮސްފައިވަނީ 2006 ވަނަ އަހަރުން ފެށިގެން 2009 ވަނަ އަހަރާއި ހަމައަށް ދެއްކި ޑްރާމާއެއް ކަމަށްވާ " ބަނީ މޭ ތެރީ ދުލްހަން" އިންނެވެ. އަދި އެއަށް ފަހުގައި " ޔެހޭ މޮހާބަތޭން"އިން ވެސް ދިވިޔަންކާވަނީ ފެނިފައެވެ.