"ދޯސްތާނާ 2″ އަށް ގެނައި ބަދަލާއިއެކު ކަންގަނާގެ ފާޑުކިއުން

"ދޯސްތާނާ 2″ އަށް ގެނައި ބަދަލާއިއެކު ކަންގަނާގެ ފާޑުކިއުން

ކަރަން ޖޯހަރްގެ ފިލްމު "ދޯސްތާނާ2″ގެ ކާސްޓަށް ގެނަައި ބަދަލުތަކަށް އެކްޓަރ ކަންގަނާ ރަނާވަތު ވަނީ ފާޑުކިޔާފަ އެވެ.

ކާތިކް އާރިޔަންއާއި ދަރްމާ ޕްރޮޑަކްޝަނާ މެދުގައި މައްސަލަ ޖެހިގެން އުޅޭވާހަކަ އަޑިއިވުނުތާ ދެތިން ގަޑި އިރުގެ ތެރޭގައި ފިލްމު ރީކާސްޓު ކުރާވާހަކަ ވަނީ އިއުލާން ކޮށްފަ އެވެ. މިގޮތަށް އިއުލާން ކޮށްފައިވަނީ ކާތިކް، ޖާންވީ ކަޕޫރު އަދި ލަކްޝަޔާވެސް ފިލްމުގެ ބައެއް ޝޫޓީން ނިންމާފައިވަނިކޮށެވެ.

މިދިޔަ ހުކުރު ދުވަހު ކަންގަނާ ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ކާތިކް މިހާ ހިސާބަށް އައިސްފައިވަނީ އޭނާ އަމިއްލައަށް ކަމަށާއި  އަދި މި ގޮގުގައި ސާބިތުވެ ހުންނާނެ ކަމަކީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫންކަމަށެވެ. ކަރަން ޖޯހަރު ކަންތައް ކޮށްފައިވަނީ އެއްވެސް އިންސާފެއް ނެތް ގޮތަކަށް ކަމަށާއި ސުޝާންތް ސިންގ ރާޖްޕުތާ މެދުގައި ވެސް ކަންތައް ކޮށްފައިވަނީ ހަމަ މިގޮތަށްކަމަށް ކަންގަނާ ވަނީ ބުނެފަ އެވެ.

އަދި މީގެ އިތުރުން އެއްވެސް ވަރަކަށް ބިރު ނުގަތުމަށް ކަންގަނާ ވަނީ ބުނެފައިއެވެ. މިޓްވީޓަށް ގިނަ ބެލުންތެރިންގެ ތާއީދު ލިބިފައިވީއިރު ބައެއް ބެލުންތެރިން ތިބީ ސުޝާންތްގެ ވާހަކަ ގެނައުމުން ހިތްހަމަ ނުޖެހިފައެވެ. އެގޮތުން ސުޝާންތުގެ ވާހަކައަކީ ވަރަށް "ސެންސިޓީވް" ވާހަކައެއް ކަމަށް ބައެއް ބެލުންތެރިންވަނީ ބުނެފައިއެވެ.

ބައެއް ރިޕޯޓުތަކުން އެނގޭ ގޮތުގައި ކާތިކް މި ފިލްމުން ވަކި ކޮށްފައިވަނީ އޭނާގެ "އަންޕްރޮފެޝަނަލް" އުޅުމުގެ ސަބަބުންނެވެ. އަދި މި އާ އެކުގައި ކާތިކްގެ ފޭނުންވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅު ކޮށްފައެވެ.

"ދޯސްތާނާ 2″ އަކީ 2008 ވަނަ އަހަރު ނެރުނު ކަރަން ޖޯހަރްގެ ފިލްމު ދޯސްތާނާ ގެ ސީކުއަލްއެކެވެ. މި ފިލްމުގެ ފުރަތަމަ ބައިން  ފެނިގެން ގޮސްފައިވަނީ އަބީޝޭކް ބައްޗަން، ޖޯން އަބްރަހަމް އަދި ޕްރިޔަންކާ ޗޯޕްރާއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *