ޤައުމީ ދުވަހު އިންޑިޔާ އެންބަސީން ނެރުނު ތަސްވީރުންވެސް އެމީހުންގެ ނިޔަތް ސާފު: އައްބާސް

ޤައުމީ ދުވަހު އިންޑިޔާ އެންބަސީން ނެރުނު ތަސްވީރުންވެސް އެމީހުންގެ ނިޔަތް ސާފު: އައްބާސް

Author
މުޙައްމަދު ޝަޒައިމް
19 އޮކްޓޯބަރ 2020 01:04
0

ރާއްޖޭގެ ޤައުމީ ދުވަހު އިންޑިޔާ އެންބަސީން ނެރެފައިވާ އަނދިރި ނާމާން ތަސްވީރުންވެސް އެމީހުންގެ ނިޔަތް ސާފުވެގެން ގޮސްފައިވާކަމުގައި އައްބާސް އާދިލް ރިޒާ ވިދާޅުވެއްޖެއެވެ.

ކުރީ ސަރުކާރުގެ ދައުލަތުގެ އެކި މަޤާމުތައް ފުރުއްވާފައިވާ އައްބާސް އާދިލް ރިޒާ ވިދާޅުވީ ރާއްޖޭގެ ފަޚުރުވެރި ޤައުމީ ދުވަހަކީ ދިވެހިންނަށް ނުހަނު އުފާވެރި ދުވަހެއްކަމަށެވެ. ދުވަހުގެ ތަހުނިޔާ ރާއްޖޭގައި ހުންނަ އިންޑިޔާގެ ހައިކޮމިޝަނުން ކިޔުމަށް ބޭނުންކޮށްފައިވާ ފޮޓޯއަށް އިޝާރާތްކޮށް އައްބާސް އާދިލް ރިޒާ ވިދާޅުވީ މި ފޮޓޯއިންވެސް އިންޑިޔާގެ މަޤްސަދު ސާފުވާކަމަށެވެ.

ޤައުމީ ދުވަހުގެ ތަހުނިޔާ ފޮނުވައި ރާއްޖޭގައި ހުންނަ އިންޑިޔާގެ ހައިކޮމިޝަނުން ދިވެހި ރައްޔިތުންނަށް ފޮނުވި ތަހުނިޔާގެ މެސެޖުގައި ބޭނުންކޮށްފައިވަނީ މާލޭގެ ހުކުރު މިސްކިތްފެންނަ ކުރަހާފައިވާ ކުލައެއް ނެތް ފޮޓޯއެކެވެ.

އިންޑިޔާއިން ރާއްޖޭގެ މައްޗަށް އަތްގަދަކޮށް، ރާއްޖެއަށް ނުފޫޒު ފޯރުވަމުންދާކަމަށް އިދިކޮޅު ފަރާތްތަކުން ބޮޑެތި ތުހުމަތުތަކެއް ކުރަމުންދާއިރު ރާއްޖޭގައި ތިބި އިންޑިޔާ ސިފައިންގެ އަދަދު ހާމަކުރަންޖެހޭކަމަށް އިދިކޮޅުން ދަނީ ބުނަމުންނެވެ. ރާއްޖޭގައި ތިބި އިންޑިޔާ ސިފައިންގެ އަދަދާއި ގުޅޭގޮތުން 2023 ވަނަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވީ ރާއްޖޭގެ 3 ސަރަހައްދެއްގައި އިންޑިޔާ ސިފައިންގެ 200 ސިފައިން އެބަތިބިކަމަށެވެ.

އިންޑިޔާއަށް ރާއްޖެ ހިފިދާނެކަމަށް މިނިސްޓަރ ފައްޔާޟާއި މާރިޔާ ވިދާޅުވެފައިވާއިރު މިހާރުގެ ސަރުކާރުން ކުރަމުންދާ ކަންކަމުގެ ތެރެއިން އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވަމުންދާ ކަމަކީވެސް އިންޑިޔާއާއި ރާއްޖެއާ ދެމެދު ބާއްވަމުންދާ ގާތް ގުޅުމެވެ. މިކަމުގައި އަޑިނޭނގޭ ކަންތައްތަކެއް އޮތްކަމަށް ގިނަބަޔަކު ތުހުމަތުކުރަމުން ގެންދެއެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.