ޕްރޮޑިއުސަރ ކަރަން ޖޯހަރްގެ ދަރްމާ ޕްރޮޑަކްޝަނުން އެކްޓަރ ކާތިކް އާރިޔަންއާއެކު އިތުރަށް ދެން މަސައްކަތްނުކުރަން ނިންމައިފި އެވެ.
އަރަމުން އަންނަ ތަރި ކާތިކް ދާދިފަހުން މަސައްކަތް ފަށާފައިވާ ދަރްމާ ޕްރޮޑަކްޝަންގެ "ދޯސްތާނާ 2″ އިން އޭނާ ވަކިކުރުމަށްފަހަު އެ ޕްރޮޑަކްޝަންގެ އެއްވެސް މަސައްކަތެއްގައި އޭނާ ޝާމިލް ނުކުރުމަށް ނިންމާފައި ވާކަމަށްވެސް ރިޕޯޓްތައް ބުނެއެވެ. ކާތިކް އެ ފިލްމުގައި އަދާކުރަން ހަމަޖެހިފައި އޮތީވެސް ލީޑް ރޯލެވެ.
"ދޯސްތާނާ 2″ އަލުން ރިކާސްޓް ކުރުނަ ނިންމާފައި މިވަނީ ފިލްމުގެ ޝޫޓިންވެސް 20 ވަރަކަށް ދުވަހު ކުރުމަށް ފަހުގައެވެ. ދަރްމާ ޕްރޮޑަކްޝަނުން އިއްޔެ ކުރި އިންސްޓަގްރާމް ޕޯސްޓްގައި ބުނީ ފިލްމުގެ ކާސްޓުން ބަދަލުކުރަން ނިންމީ "އަންޕްރޮފެޝަނަލް ބިހޭވިއާ" އެއްގެ ސަބަބުންނެވެ. އަދި ކާސްޓަށް ގެންނަ ބަދަލު އޮފިޝަލީ އިއުލާން ކުރާނެ ކަމަށްވެސް ވަނީ ބުނެފައެވެ.
ރިޕޯޓްތައް ބުނާގޮތުން ކާތިކް އާއި ކަރަންއާ މެދުގައި ޖެހުނު މައިގަނޑު މައްސަލައަކީ ކާތިކްގެ ސަބަބުން ފިލްމުގެ މަސައްކަތް ޝެޑިއުލަށް ނުދިއުމާއި އޭނާ ފިލްމަށް ވަގުތު ނުދިނުމުގެ ސަބަބުން ފިލްމުގެ މަސައްކަތް ވަރަށް ބޮޑުތަން ލަސްވެ، ޕްރޮޑަކްޝަން ހައުސްގެ އެހެން މަސައްކަތްތަކަށްވެސް އޭގެ އަސަރުކުރުމެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުން ކާތިކް ފިލްމުން ވަކިކުރުމަށްފަހު ކަރަން ޖޯހަރް ވަނީ އިންސްޓަގްރާމުންވެސް އޭނާ އަންފޮލޯކޮށްފަ އެވެ. ބޮލީވުޑްގައި ނަގާކިޔާ ފިލްމު އުފެއްދުންތެރިންގެ ތެރޭގައި ފާހަގަކޮށްލެވޭ ކަރަން އަކީ ނެޕޮޓިޒަމްގެ އިނގިލި ގިނަބަޔަކު ދިއްކުރާ އެކަކެވެ. އަދި ކަރަންއާ މައްސަލަ ޖެހިއްޖެ މީހަކަށް ބޮލީވުޑްގައި ކުރިއަށްދާންވެސް ވަރަށް އުނދަގޫވާނެ ކަމަށް ގިނަބަޔަކު ބުނެއެވެ.
One Response
މާބޮޑަށްފޮނިވީ ދެތިންފިލްމެއް ލިބުނީމަަ. ޝާހްރުޚް ޚާން އުޅޭ ގޮތަކަށް އަދި ތިޔަ ސޮރަކަށް ނޫޅެވޭނެ އޭނަވެސް ސްޕަރސްޓާރ އަކަށްވީމަ ބޭނުންހާ ގަޑިއަކަށް ޝޫޓިންގތަކަށް ދާންދެށީ