ވެކްސިން ޖެހިފަހުން އާޝުތޯޝް ރާނާ ޕޮޒިޓިވް ވެއްޖެ

ވެކްސިން ޖެހިފަހުން އާޝުތޯޝް ރާނާ ޕޮޒިޓިވް ވެއްޖެ

އެކްޓަރ އާޝުތޯޝް ރާނާ ކޯވިޑްގެ ވެކްސިން ޖެހިފަހުން ބައްޔަށް ޕޮޒިޓިވް ވެއްޖެ އެވެ.

މިކަން ހާމަކުރުމަށް އާޝުތޯޝް ވަނީ ފޭސްބުކްގައި ހިންދީ ބަހުން ޕޯސްޓެއް ކޮށްފަ އެވެ. މި ޕޯސްޓުގައި އޭނާ ހާމަކޮށްފައިވާ ގޮތުގައި އޭނާގެ އިތުރުން މުޅި އާއިލާ ވަނީ ކޯވިޑަށް ޓެސްޓު ކޮށްފަ އެވެ. ނަމަވެސް އަދި އެމީހުންގެ ނަތީޖާ ނުލިބޭ ކަމަށްވެސް ބުނެފައި ވެއެވެ. އެ ރިޕޯޓް ލިބޭނީ މާދަމާ ކަމަށްވެސް އެ ޕޯސްޓްގައި ވަނީ ބުނެފަ އެވެ.

މީގެއިތުރުން އާޝުތޯޝް ބުނެފައިވަނީ މި މަހުގެ 7ގެ ފަހުން އޭނާ އާ ބައްދަލުވެފައިވާ އެއްވެސް މީހަކު ހުރިނަމަ އަވަހަށް ޓެސްޓު ހެދުމަށް އިލްތިމާސް ކުރާ ކަމަށެވެ. އަދި ހެޔޮ އެދޭ އެންމެންގެ ދުއާ ގައި ބައިވެރިކުރުމަށް ވެސް ވަނީ އެދިފައެވެ. އަދި ބަލިން ފަސޭހަވެގެން، ރަނގަޅު ސިއްހަތެއްގައި އަވަހަށް އެނބުރި އަންނާނެ ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

हमारा शरीर एक दुर्ग की भाँति होता है उसमें नौ द्वार होते हैं, उन नौ द्वारों के भीतर विराजमान परम चेतना, उनकी रक्षा करने…

Posted by Ashutosh Rana on Tuesday, April 13, 2021

އާޝުތޯޝް ރާނާ އާއި އަބިމީހާ ރޭނުކާ ޝަހަނީ ވަނީ ދާދި ފަހުން ކޯވިޑް-19 ވެކްސިން ޖަހާފަ އެވެ.

އަޝުތޯޝް ވަނީ ބޮލީވުޑް ގެ ގިނަ ފިލްމު ތަކަކުން ފެނިގެން ގޮސްފަ އެވެ. ހާއްސަކޮސް ނުބައިބައި ރޯލުތަކުން އޭނާ ވަނީ ބެލުންތެރިންގެ ލޯބި ހޯދާފަ އެވެ. މީގެ އިތުރުން އޭނާ އަކީ ކުޅަދާނަ ލިއުންތެރިއެއް ވެސް މެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *