ކެޓްރީނާ ކައިފް މިވަގުތު ހުރީ ކޯވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެން ކަރަންޓީނުގަ އެވެ. ކަރަންޓީނުގައި ހުރެގެން އޭނާ ނަގާފައިވާ ސެލްފީއަކަށް ވަރަށް ގިނަ ބެލުންތެރިންގެ ޝައުގުވެރިކަން މި ވަނީ ލިބިފައެވެ.
ކަރީނާ ކޮވިޑަށް ޕޮޒިޓިވްވީ މި މަހުގެ ކުރީ ކޮޅުގައެވެ. އެކަން އޭނާ ވަނީ އިސްޓަގްރާމް ވެދުވެރިކޮށް އިއުލާންކޮށްފަ އެވެ. އަދި ރަށްކާތެރި ކަމުގެ ފިޔަވަޅުތަށް އަޅަމުން ދާކަމަށް ވެސް މި ޕޯސްޓުގައި ކެޓްރީނާ ވަނީ ބުނެފައިއެވެ.
އިއްޔެ ކެޓްރީނާ ވަނީ "ނޯ މޭކަޕް" ސެލްފީއެއް އިންސްޓަގްރާމްގައި ޕޯސްޓް ކޮށްފައެވެ. އަދި މި ސެލްފީ އިތުރަށް ފުުރިހަމަ ކޮށްދެނީ އޭނާގެ އިސްތަށިގަނޑު ދޫކޮށްލާފައި އޮތުމުންނެވެ. އޭނާ ހުރީ ގަޔަށް ދޫ ހޫޑީއެއް ލައިގެންނެވެ.
މި ފޮޓޯއާ އެކުގައި އޭނާ ލިޔެފައިވަނި " ޖަސްޓް މީ ފޯ ކޮމްޕެނީ " މިހެންނެވެ. މި ފޮޓޯއަށް ވަރަށް ގިނަ ބެލުންތެރިންގެ ލައިކާއި ކޮމެންޓް ވަނީ ލިބިފައެވެ. މީގެ އިތުރުން ވަރަށް ގިނަ ބެލުންތެރިން އޭނާއަށް އަވަސް ޝިފާއެއް ލިބުމަށް އެދިވެސް ކޮމެންޓްކޮށްފައިވެ އެވެ.
އެންމެ ފަހުން ކެޓްރިނާ ފެނިގެން ގޮސްފައިވަނީ ސަލްމާން ޚާނާއެކު 2019 ވަނަ އަހަރު ހިންދީ ފިލްމް "ބާރަތު" އިންނެވެ.
އޭނާ ކޯވިޑަށް ޕޮޒިޓިވްވުމުގެ ކުރިން ވަނީ "ޓައިގާ 3″ ޝޫޓިން ފެށުމަށް ތައްޔާރުުވެފައެެވެ. ކެޓްރީނާ މިހާރު އިންތިޒާރު ކުރަމުންދަނީ އޭނާގެ ފިލްމް "ސޫރްޔަވަންޝީ" ރިލިސް ކުރާން ދުވަހަކަށެވެ. ރޯހިތު ޝެއްޓީގެ މި ކޮޕް އެކްޝަން ޑްރާމާގައި ކެޓްރީނާ އާއި އެކުގައި ފެނިގެން ދާނީ އަކްޝޭ ކުމާރެވެ.