އަންކިތާ ގެ ލޯބީގެ ދަތުރު ވީޑިއޯއަކުން

އަންކިތާ ގެ ލޯބީގެ ދަތުރު ވީޑިއޯއަކުން

Author
ފާތިމަތު ނާވީ
12 އޭޕްރިލް 2021 03:35
0

އަންކިތާ ލޯކަންޑޭ އޭނާގެ ލޯބިވެރިޔާއާ ދެމީހުން ހިމެނޭ ގޮތަށް ކުޅެފައިވާ ވީޑިއޯއެއް ވަނީ ސޯޝަލް މީޑިއާގައި ހިއްސާކޮށްފަ އެވެ. މި ވީޑިއޯއިން ފެނިގެންދަނީ މި ދެލަޯބިވެރިންގެ ލޯބީގެ ދަތުރެވެ.
މި ވީޑިއޯއަަށް ވަރަށް ގިނަ ބެލުންތެރިންގެ ލޯބި ވަނީ ލިބިފައެވެ. މި ވީޑިއޯއަކީ އަންކިތާ އާއި ވިކީ ރައްޓެހިވެގެން އުޅޭތާ 3 އަހަރު ވުމުގެ އުފަލުގައި ހިއްސާކޮށްފައިވާ ވީޑިއޯއެކެވެ.

 

View this post on Instagram

 

A post shared by Ankita Lokhande (@lokhandeankita)

ގިނަ ބައެއްގެ ލައިކާއި ކޮމެންޓު ލިބިފައިވާ މި ވީޑިއޯއަށް އެންމެ ގިނައިން ކޮމެންޓްކޮށްފައިވަނީ މި ދެލޯބިވެރިން ވީހާވެސް އަވަހަށް ކައިވެނި ކުރުމަށް އެދިފަ އެވެ.

މި ވީޑިއޯގައި އަންކިތާ ބުނެފައިވަނީ އަދި މިހާތަނަށް އެއްވެސް މީހަކު އޭނާ އުފާ ނުކުރާވަރަށް ވިކީ އޭނާ އުފާކޮށްދޭ ކަމަށެވެ. އޭނާގެ ހިތަށް ވިންދު ބޭނުންވާ ފަދައިން އޭނާ ވިކީއަށް ބެނުންވާކަމަށް ވެސް އަންކިތާ ބުނެފައި ވެއެވެ.

މީގެ އިތުރުންވެސް އަންކިތާ އަބަދުވެސް އެދެމީހުންގެ ފޮޓޯ އާއި ވީޑިއޯ ސޯޝަލް މީޑިއާގައި ހިއްސާކުރެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.