ކެޓްރީނާ ކައިފްގެ ކޮއްކޮ އިސަބެލް ކައިފްވަނީ އޭނާގެ ފުރަތަމަ ފިލްމު "ޓައިމް ޓޫ ޑާނަސް" އިން ބެލުންތެރިންގެ ސަމާލުކަން ހޯދާފަ އެވެ. މި ފިލްމުނަ އިސަބެލްއާއި އެކުގައި ފެނިގެން ގޮސްފައިވަނީ ސޫރަޖް ޕަންޗޯލީ އެވެ.
ސްޓޭންލީ ޑި ކޯސްޓާގެ ޑައިރެކްޝަންގެ ދަށުން ނިންމާފައިވާ މި ފިލްމު އިސަބެލް ކުޅެފައިވަނީ އޭނާގެ ދައްތަ ކެޓްރީނާގެ ފުރިހަމަ އެއްބާރުލުމާއެކުގަ އެވެ.
އެހެންނަމަ ވެސް ފަހުން ދިން އިންޓަވިއުއެއްގައި އިސަބެލް ބުނެފައިވަނީ މި ކަމަކީ އޭނާގެ މައިންބަފައިން އެހާ ރުހޭ ކަމެއް ނޫންކަމަށެވެ. އަދި ކެޓްރީނާގެ ފިޔަވަޅުތަކުގެ މަތިން ހިނގުމަށް އޭނާގެ މައިންބަފައިންގެ އެއްބާރުލުން ލިބިފައި ނުވާކަމަށެވެ.
އެގޮތުން އޭނާގެ މައިންބަފައިން ބޭނުންވަނީ އޭނާ ޑިގްރީ ނިންމުމަށްފަހު އާދައިގެ ވަޒީފާއަކަށް ދާން ކަމަށް އިސަބެލް ވަނީ ބުނެފައެވެ. އޭނާގެ މަންމަ ބުނެފައިވަނީ ހިސާބު އިނގިރޭސީ އަދި އެނޫންވެސް ކޮންމެވެސް މާއްދާއަކުން ޑިގްރީ ހެދުމަށެވެ. އޭނާގެ މަންމަމެން ރުއްސަން އެންމެ ބޮޑު އެހީތަރިކަމެއް ދީފައިވަނީ ކެޓްރީނާ ކަމަށްވެސް އިސަބެލް ވަނީ ބުނެފައެވެ.
އިސަބެލް ބުނެފައިވަނީ އެނާ ފިލްމުތައް ލިބިފައިވަނީ އޭނާ އަމިއްލައަށް އޮޑިޝަން ކޮށްގެން ކަމަށާއި މިކަމުގައި އޭނާއަށް ސަލްމާން ޚާންވެސް އެހީތެރިވެފައިވާކަމަށެވެ. ސަލްމާން ޚާނަކީ އަބަދުވެސް ދާއިރާއަށް އަލަށް ވަންނަ ކުދިންނަށް އެހީތެރިވާ މީހެއް ކަމަށްވެސް އިސަބެލް ބުނެފައިވެއެވެ.
އެނާގެ ފުރަތަމަ ފިލްމު ބެލުންތެރިންނާ ހަމައަށް އައިސްފައި ވާއިރު އޭނާގެ ޝެޑިއުލުގައިވާ ދެވަނަ ފިލްމަށް އޭނާ މިހާރު ވަނީ ފުރިހަމައަށް ތައްޔާރުވެފައެވެ. އެއީ "ސަސްވަގަތަމް ޚުޝާމަދީދް" އެވެ. މި ފިލްމަކީ ޕުލްކިތް ސަމްރަތާ އެކުގައި އާގްރާގައި ކުޅެން ހަމަޖެހިފައިވާ ފިލްމެކެވެ. އިސަބެލްވަނީ ތާޖް މަހަލް ކުރިމަތީގައި ނަގާފައިވާ ފޮޓޯތަކެއް އިންސްޓްގްރާމުގައި ހިއްސާކޮށްފަ އެވެ.