ކޮރޯނާ ވައިރަސް އިން ރައްކާތެރިވުމަށްޓައި މަސައްކަތް ކުރާތާ މިހާރު އެއް އަހަރަށް ވުރެ ގިނަ ދުވަސް ވަނީ ވެފައެވެ. މި ބައްޔަށް ވެކްސިނެއް ނެރެވިފައި ވަނީ 16 ޖެނުއަރީ 2021ގަ އެވެ. ވެކްސިން ނެރުމާ އެކުގައި ގިނަ އަދަދެއްގެ ބަޔަކު ވަނީ ވެކްސިން ޖަހަން ފަށާފަ އެވެ. މި ބަލައިލަނީ ކޯވިޑް19ގެ ވެކްސިން ޖަހާފައިވާ ބައެއް ބޮލީވުޑްގެ ތަރިންނަށެވެ.
ސަލްމާން ޚާން
ސަލްމާން ޚާން ވަނީ އޭނާގެ އޮފިޝަލް ޓްވިޓަރ ބޭނުންކޮށްގެން އޭނާ ވެކްސިން ޖެހިކަން އަންގާފަ އެވެ. އެގޮތުން އޭނާ މި ޚަބަރު ބެލުންތެރިންނާއި ހިއްސާކޮށްފައިވަނީ 24 މާރިޗު 2021ގަ އެވެ.
Took my first dose of vaccine today….
— Salman Khan (@BeingSalmanKhan) March 24, 2021
ސަންޖޭ ދަތު
މާރިޗް 23 ވަނަ ދުވަހު ސަންޖޭ ވަނީ އޭނާ ވެކްސިން ޖަހާފައި ވާކަން ސޯޝަލް މީޑިއާ މެދުވެރިކޮށް ބެލުންތެރިންނާއި ހިއްސާކޮށްފަ އެވެ. އެގޮތުން އޭނާ ވަނީ ހެލްތު ސެންޓަރުގައި ވެކްސިން ޖަހަމުންދާ މަންޒަރު ފެންނަ ފޮޓޯއެއް ބެލުންތެރިންނާއި ހިއްސާކޮށްފަ އެވެ.
Received my first shot of the COVID-19 vaccine today at the BKC vaccine center.
I want to congratulate Dr. Dhere and his entire team for doing such a wonderful job! I have so much love & respect for them & their hard work. Jai Hind! pic.twitter.com/LcSNoAsf0G— Sanjay Dutt (@duttsanjay) March 23, 2021
ޕަރޭޝް ރާވަލް
ޕަރޭޝް ރާވަލް ވަނީ އޭނާ ވެކްސިން ޖަހަން ގޮސްފައި ނަގާފައިވާ ފޮޓޯއެއް ހިއްސާކޮށްފަ އެވެ. ނަމަވެސް ކޯވިޑް ވެކްސިން ޖެހިފަހުން އޭނާ ވަނީ ކޯވިޑަށް ޕޮޒިޓިވްވެފަ އެވެ. މިވަގުތު އޭނާ ހުރީ އަމިއްލައަށް އެކަހެރިވެގެންނެވެ.
V for vaccines. ! Thanks to All the Doctors and Nurses and the front line Health care workers and The Scientists. ?Thanks @narendramodi pic.twitter.com/UC9BSWz0XF
— Paresh Rawal (@SirPareshRawal) March 9, 2021
ޖީތެންދްރާ
ތުޝާރް ކަޕޫރު ވަނީ އޭނާގެ ބައްޕަ އަދި މަންމަ ވެކްސިން ޖަހައިފިކަން އިންސްޓްގްރާމު މެދުވެރިކޮށް ބެލުންތެރިންނާއި ހިއްސާކޮށްފަ އެވެ. އިންޑިއާގައި ވެކްސިން ދިނުމުގައި މިވަގުތު އެންމެބޮޑު އިސްކަމެއް ދެނީ އުމުރުން ދުވަސްވީ ފަރާތްތަކާއި ހައިރިސްކް ފަރާތްތަކަށެވެ.
މި ތަރިންގެ އިތުރުން ދަރްމެންދްރާ، ހޭމާ މާލިނީ، އަނުޕަމް ކޭރް، ކިރަން ކޭރް، ޝަރްމީލާ ޓެގޯރް، ސައިފް އަލީ ޚާން، ރާކޭޝް ރޯޝަން، ކަމަލް ހަސަން، ޖޯނީ ލިވާ އަދި ނީނާ ގުޕްތާ ވެސް މިހާރު ވަނީ ކޯވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައެވެ.