މިއީ ވެސް ހެއަރ ޓްރާންސްޕްލާންޓް ކޮށްފައިވާ ތަރިން!

މިއީ ވެސް ހެއަރ ޓްރާންސްޕްލާންޓް ކޮށްފައިވާ ތަރިން!

Author
ފާތިމަތު ނާވީ
31 މާރޗް 2021 12:39
0

ބޮލީވުޑް ތަރިންނަކީ އަބަދުވެސް އެންމެ ބޮޑަށް މަޝްހޫރުވާ "ޓްރެންޑު"ތައް ފޮލޯކުރާ ބައެކެވެ. އެއީ ފެޝަން، ހެއަަރ ސްޓައިލް، ސިއްހަތު ކަމަށްވިޔަސްމެއެވެ.

އޭގެތެރެއިންވެސް އިސްތަށިގަނޑު ރީތިކޮށް ބެހެއްޓުމަކީ އަބަދުވެސް މިފަދަ ތަރިން ވަރަށް ބޮޑު އިސްކަމެއްދީގެން ކުރާކަމެކެވެ. ވަރަށް ގިނަ ތަރިން ވަނީ "ހެއާޓްރާންސްޕްލާންޓް" ވެސް ހައްދާފަ އެވެ. އެގޮތުން މި ލިޔުމުގައި ބަލައިލާނީ މިފަދަ ބައެއް ތަރިންނަށެވެ.

ބޮލީވުޑްގެ ތަރިންގެ  ތެރެއިން ބަލައިލާއިރު މި ލިސްޓުގެ އެއްވަނައިގައި އުޅެނީ ޕަރަސް ޗައްބާރާއެވެ. ބިގް ބޮސް 13 އިން ފެނިގެން ދިޔަ ޕަރަސްއަކީ ބެލުންތެރިން ވަރަށް ގަޔާވާ ފަންނާނެކެވެ. ޕަރަސްގެ ކެރިއަރު ފަށާފައިވަނީ 2012 ވަނަ އަހަރު އެވެ.

 

View this post on Instagram

 

A post shared by Paras Chhabra™ (@parasvchhabrra)

މި ލިސްޓުގައި އިތުރަށް ބަލައިލާއިރު ރަންބީރު ކަޕޫރު އަދި ޝާހިދު ކަޕޫރުވެސް ހިމެނެއެވެ. ބެލުންތެރިންގެ މެދުގައި މަގުބޫލުކަމެއް ހޯދާފައިވާ މި ދެތަރިންވެސް ވަނީ ހެއާ ޓްރާންސްޕްލާންޓް ހައްދާފައެވެ. އަދި މި ދެ ފަންނާނުންނަކީވެސް ފިލްމީ ދާއިރާގައި ވަރަށް ކާމިޔާބު ދެ ތަރިންނެވެ.

މީގެ އިތުރުން ކްރިސް ހެމްސްވޯތު ފަދަ ހޮލީވުޑް ތަރިންވެސް އެވެންޖާސް ފަދަ ބޮޑެތި ފިލްމުތައް ކުޅޭއިރު ހެއާ އެކްސްޓެންޝަންތައް ލައްވައެވެ.

 

View this post on Instagram

 

A post shared by Chris Hemsworth (@chrishemsworth)

ފިލްމީ ތަރިން އާންމުކޮށް މިފަދަ ކަންތައް ކުރަނީ މަސައްކަތުގެ ދާއިރާގެ ގޮތުންނެވެ. ބައެއް ފަހަރަށް މި ފަދަ ކަންތައް ކުރުމުން ބެލުންތެރިންގެ ސަމާލުކަން އިތުރަށް ލިބެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.