ސަލްމާން ޚާންގެ ހާއްސަ ހަދިޔާ އެއް ރާހުލްއަށް!

ސަލްމާން ޚާންގެ ހާއްސަ ހަދިޔާ އެއް ރާހުލްއަށް!

Author
ފާތިމަތު ނާވީ
30 މާރޗް 2021 11:06
0

ބިގްބޮސް 14ގެ ރަނަރަޕް ރާހުލް ވާދިޔާ ވަނީ ސަލްމާން ޚާން އޭނާއަށް ދިން 50000 ރުޕީސްގެ އަގުބޮޑު ބައިސްކަލް ދުއްވަނިކޮށް ނަގާފައިހުރި ފޮޓޯތަކެއް ބެލުންތެރިންނާއި ހިއްސާކޮށްފައެވެ. މި ފޮޓޯތައް ރާހުލް ހިއްސާކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.

މިދިޔަ ބުރާސްފަތި ދުވަހުގައި ލަވަކިޔުންތެރިޔާ ރާހުލް، ޕަޕަރާޒީންނަށް ފެނިފައިވަނީ މި "އީ ބައިސްކަލް" ދުއްވަން ނުކުމެ އުޅެނިކޮށެވެ. އޭނާއާ ޕަޕަރާޒީން ކުރި ބައެއް ސުވާލުތަކަށް ޖަވާބު ދެމުން އޭނާ ބުނެފައިވަނީ މިފަހަރު ހޯލީގައި އޭނާ ވަގުތު ހޭދަކުރަން ބޭނުންވަނީ އާއިލާ އާއި ރައްޓެހިންނާއި އެކުގައި ކަމަށެވެ. އަދި މިއި ކޮވިޑް 19ގެ ސަބަބުން ރައްކާތެރިވުމަށް ނިންމާފައިވާ ނިންމުމެއް ކަމުގައިވެސް ރާހުލް ވަނީ ބުނެފައެވެ.

 

View this post on Instagram

 

A post shared by Rahul Vaidya ??? (@rahulvaidyarkv)

މިދިޔަ ހަފްތާގައި އޭނާގެ ފޮޓޯތަކެއް އިންސްޓްގްރާމުގައި ހިއްސާ ކުރަމުން އޭނާވަނީ ސަލްމާން ޚާން އެނާއަށް ބައިސްކަލެއް ހަދިޔާ ކޮށްފައިވާކަމަށް ބުނެފައެވެ. އަދި މި ބައިސްކަލު ދުއްވައިން ލިބުނު ތަޖުރިބާއާއި މެދުގައި ވަރަށް ހިތްހަމަޖެހޭކަމަށާއި އޭނާ އަބަދުވެސް ބޭރުގައި އުޅުމަށާއި ކާޑިއޯ ޖެއްސުމަށް ގަޔާވާކަމަށް ބުނެފައިވެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.