ރާކީގެ ސުވާލު: އަހަރެން 16 އަހަރުގެ ކުއްޖަކާ ވައްތަރުތަ؟

ރާކީގެ ސުވާލު: އަހަރެން 16 އަހަރުގެ ކުއްޖަކާ ވައްތަރުތަ؟

Author
ފާތިމަތު ނާވީ
29 މާރޗް 2021 04:08
0

އުމުރުން 37 އަހަރުގެ ރާކީ ސާވަންތަކީ ބިގް ބޮސް 14ގެ ބައިވެރިއެކެވެ. އުމުރުން 37 އަހަރު ނަމަވެސް، ރާކީގެ ދާދިފަހުން އާންމުވީ ވީޑިއޯގައި އޭނާ 16 އަހަރުގެ ކުއްޖަކާ ވައްތަރުތޯ ބެލުންތެރިންނާއި ވަނީ ސުވާލުކޮށްފަ އެވެ.

މި ވީޑިއޯގައި ރާކީ ވަނީ ހަށިގަނޑު ރީތިކޮށް ބެހެއްޓުމުގެ މުހިއްމުކަމާއި މެދުގައި ވާހަކަ ދައްކާފަ އެވެ. މި ވީޑިއޯގައި ރާކީ ހުރީ މުމްބާއީގެ އަންދޭރީ ޖިމްގެ ކުރިމަތީގަ އެވެ.

ސޯޝަލް މީޑިއާގައި މީހަކާ ވާހަކަ ދައްކަމުން ރާކީ ބުނެފައިވަނި އޭނާގެ އުމުރުން 37 އަހަރު ކަމަށެވެ. އެވަގުތު ދެކެވެމުން ދިޔައީ ކޯވިޑް19ގެ ވާހަކައެވެ. އިތުރަށް ވާހަކަ ދައްކަމުން ރާކީ ބުނެފައިވަނީ ކޮވިޑް 19ގެ ވެކްސިން ޖަހަން މުހިންމީ އުމުރުން ދުވަސްވީ މީހުން ކަމަށެވެ.

އަދި އޭނާ ފަދަ 36 އަހަރުން މަތީގެ މީހުން އެހާ އަވަސް އަރުވާލައިގެން ވެކްސިން ޖަހަން ޖެހޭކަމަށް އޭނާއަށް ނުފެންނަ ކަމަށްވެސް ވަނީ ބުނެފައެވެ. މިއާއެކު އޭނާއާ ވާހަކަ ދެއްކި މީހާ ވަނީ "ރާކީއަށް 36 އަހަރު ތޯ" ސުވާލުކޮށްފަ އެވެ.

މިސުވާލަށް ޖަވާބު ދެމުން ރާކީ ވަނީ އޭނާ ވައްތަރީ 16 އަހަރުގެ ކުއްޖަކާ ތޯ ސަމާސާ ރާގަކަށް އަހާފައެވެ. ފަހުން ރާކީ ބުނެފައިވަނީ އޭނާއަށް 37 އަހަރު ކަމަށާއި އޭނާގެ އުމުރު ފޮރުވަން ބޭނުންނުވާ ކަމަށެވެ.

އިތުރަށް ވާހަކަ ދައްކަމުން ރާކީ ބުނެފައިވަނީ އޭނާ އެއަށް ވުރެ ހިކިކޮށް ފިޓްކޮށް ހުރިނަމަ އޭނާގެ އުމުރަށް ވުރެވެސް ހަގުކަމަށް ދައްކާނެ ކަމަށެވެ. އަދި މި އިންޑަސްޓްރީގައި ދެމިހުރުމަށް ހަށިގަނޑަށް ބަލައިގެން އުޅުމަކީ ވަރަށް މުހިއްމުކަމެއް ކަމަށްވެސް ރާކީ ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ރ ރޭކާ
37 ނޫން އުމުުރުން 42އަހަރު. މޭކަޕް ސާމާނު ހުރިއްޔާ 10އަހަރު ކުއްޖެއްގެ ވައްތަރު ވެސް ޖެއްސިދާނެ . ބިގްބޮސްގަ މޭކަޕް ނެތި ފެންނައިރު ހީވަނީ މުސްކުޅި ހޮޅު ގަޑެއްހެން . އެހެން މީހުން ޑްރާމާގަ. ފިލްމްގަ ވިގް ބޭނުން ކުރަނީ މީއްޗަކު އާއްމު ދިރިޅުމުގަ ވެސް ހުންނަނީ ވިގް ޖަހާފަ
ޚ ޚާލިދާ ޞޮންތި ޞުހޭލު
ހަމަވައްތަރީ 8 އަހަރުގެ ކުއްޖަކާ. އެއެއްވެސް ނެތް މާބޮޑަކަށް.