އިގިރޭސިވިލާތުގެ ގާނޫނު ހަދާ މަޖިލިހުގެ ބައެއް މެމްބަރުން ޗައިނާއަށް ވަނުން މަނާކޮށްފި

އިގިރޭސިވިލާތުގެ ގާނޫނު ހަދާ މަޖިލިހުގެ ބައެއް މެމްބަރުން ޗައިނާއަށް ވަނުން މަނާކޮށްފި

Author
ހުސެއިން
27 މާރޗް 2021 07:07
0

އިގިރޭސިވިލާތުގެ ގާނޫނު ހަދާ މަޖިލިހުގެ 5 މެމްބަރަކު ހިމެނޭގޮތުން އިގިރޭސިވިލާތުގެ 9 ރައްޔިތަކު ޗައިނާއަށް ވަނުން މަނާކޮށް، ދަތިކުރުމުގެ ފިޔަވަޅު އަޅައިފިއެވެ.

އިގިރޭސިވިލާތުގެ ރައްޔިތުން ޗައިނާއަށް ވަނުން މަނާކޮށްފައިވަނީ، އެ މީހުން ޗައިނާއާއި ގުޅޭގޮތުން ހަދާފާ ދޮގުތަކުގެ ސަބަބުންނާއި އަދި ފަތުރާފައިވާ ނުރަގަޅު މައުލޫމާތުގެ ސަބަބުންނެވެ.

މި 9 މީހުންގެ ގްރޫޕުގައި ނިމެނޭ މީހުންނަކީ، އިގިރޭސިވިލާތުގައި ތިއްބަވައިގެން، ޗައިނާގެ މިހާރުގެ ސަރުކާރާ ދެކޮޅަށް އެންމެ ބޮޑަށް ފާޑުވިދާޅުވަމުން ގެންދަވާ ބޭފުޅުންނެވެ.

އިގިރޭސި ބައެއް ރައްޔިތުންނާއި ދެކޮޅަށް ޗައިނާއިން ދަތިކުރުމުގެ ފިޔަވަޅު އަޅާފައި މިވަނީ، ޗައިނާގެ ބައިމަދު ިއިހޫރު ދަރިކޮޅުގެ މުސްލިމުނާ ދެކޮޅަށް އެގައުމުގައި ހިންގަމުންދާ އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް ކުއްވެރިކޮށް ޗައިނާއާއި ދެކޮޅަށް ބައެއް ފިޔަބަޅުތައް އިގިރޭސި ސަރުކާރުން އަޅާފައި ވަނިކޮށެވެ.

ޗައިނާގެ ބައިމަދު މުސްލިމް ދަރިކޮޅުގެ މީހުންނާމެދު އެގައުމުގެ ސަރުކާރުން އަމަލުކުރަމުންދާ އުސޫލުތަކާއި ގުޅިގެން އިގިރޭސި ބޮޑުވަޒީރު ވިދާޅުވެފައިވަނީ، އެގައުމުން އަޅާފައިވާ ފިޔަވަޅު ތަކަކީ، އިންސާނިއްޔަތާ ޚިލާފު ބޮޑެތި ޖަރީމާތަކާ ދެކޮޅަށް ދިއްލިގެން ދިޔަ އުއްމީދުގެ ހުޅުކޮޅެއް ކަމުގައެވެ.

"ބޮޑެތި ޖަރީމާތަކާއި ދޮކޮޅަން ފިޔަވަޅުއެޅުމާއި އަދި އެކަންކަމާ ދެކޮޅަށް ވާހަކަ ދެއްކުމުގެ މިނިވަންކަން އޮންނަން ޖެހޭނެ ކަމަށް އަހަރެއް އަބަދުވެސް ގަބޫލު ކުރާނަން،" އިގިރޭސި ބޮޑުވަޒީ ބޮރިން ޖޯންސަން ވިދާޅުވެފައި ވެއެވެ.

އިގިރޭސި ފޮރިންގ ސެކެޓްރީ ވިދާޅުވެފައިވަނީ، ޗައިނާގެ މައްޗަށް ކުރެވޭ ތުހުމަތުތަކަށް ރަގަޅުގޮތުގައި ރައްދު ދޭން ޗައިނާއިން ބޭނުންވާނަމަ، އެގައުމުން މިތުހުމަތުތަކުގެ ތެދުދޮގު ބެލުމުގެ ގޮތުން ބެއިޖިންގއަށް ޒިޔާރަތްކުމުގެ ފުރުސަތު ޔޫއެންގެ އޮފިޝަލުންނަށް ދޭނެއެވެ.

އިގިރޭސިވިލާތުގައި ޗައިނާއަށް ފާޑުވިދާޅުވެގެން، ޗައިނާއިން ދަތިކުމުގެ ފިޔަވަޅުތައް އަޅާފައިވާ މީހުންގެ ތެރޭގައި ކޮންޒަރވޭޓިވް ލީޑަރ ސަރ ލައިން ޑަންކަން ސްމިތްގެ އިތުރުން ގާނޫނީ ވަކީލަކާއި އަދި ތައުލީމީ ދާިރާގައި މަސައްކަތްކުރާ މީހަކު ހިމެނެއެވެ.

ސާރ ލައިން ވިދާޅުވެފައިވަނީ، ޗައިނާއިން އޭނާއާ ދެކޮޅަށް އެޅި ފިޔަވަޅުތައް އޭނާ ބަލައިގަންނާނީ ފަޚުރެއް ކަމުގައެވެ.

ޗައިނާއިން އިގިރޭސިވިލާތުގެ ބައެއް ރައްޔިތުންނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފައިމިވަނީ، އިގިރޭސިވިލާތުން އެގައުމާދެކޮޅަށް އަޅާފައިވާ ޒާތުގެ ފިޔަވަޅުތައް ޔޫރަޕިއްނަ ޔޫނިއަން އިންވެސް އެގައުމާ ދެކޮޅަށް އަޅާފައިވަނިކޮށެވެ. ޔޫރަޕިއަން ޔޫނިއަން ޗައިނާއާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކަކީ، އެމެރިކާ، އިގިރޭސިވިލާތް އަދި ކެނެޑާއިން އެކީ ގުޅިގެން އެޅުމަށް ނިންމާފައިވާ ފިޔަވަޅުތަކުގެ ބައެކެވެ.

ޗައިނާއިން ވަނީ، އެގައުމުގެ ބައިމަދު އުއިގްހޫރު ދަރިކޮޅުގެ މުސްލިމުން، ވެރިރަށް ބެއިޖިންގެ ހުޅަގު އުތުރުގެ ކޭމްޕްތަކެއްގައި ހައްޔަރު ކޮށްފައެވެ. އަދި މި ކޭޕްމްތަކުގައު މުސްލިމުންނާއި ދެކޮޅަށް އިންސާނިއްޔަތާ ޚިލާފު އެތަކެއް ބޮޑެތި ޖަރީމާތައް ހިންގަމުންދާ ކަމަށް ވަނީ ތުހުމަތު ކުރެވިފައެވެ. މީގެ ތެރޭގައި ގަދަކަމުން އަޅު މަސައްކަތް ކުރުވުމުގެ އިތުރުން ޖިންސީއަނިޔާ ކުރުންވެސް ހިމެނެއެވެ.

ޗައިނާއިން ވަނީ މިތުހުމަތުތައް ދޮގު ކޮށްފައެވެ. އަދި ބުނެފައިވަނީ، މި ކޭމްޕްތަކަކީ، އަގައުމުގެ ޓެރަރިޒަމާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކުގެ ބައެއް ކަމުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.