އާމިރް ޚާނާއި މާދަވަންއަށް ފަހު މިލިންދް ސޯމަން ވެސް ކޯވިޑަށް ޕޮޒިޓިވް

އާމިރް ޚާނާއި މާދަވަންއަށް ފަހު މިލިންދް ސޯމަން ވެސް ކޯވިޑަށް ޕޮޒިޓިވް

Author
ޢަލީ އާދަމް
26 މާރޗް 2021 05:35
0

އިންޑިއާގައި މިހާރު ކޯވިޑް19ގެ ހާލަތު ދުވަހެއް ދުވަހަކަށް ގޯސްވަމުންދާއިރު، ބޮލީވުޑަށްވެސް މިކަމުގެ އަސަރު ދަނީ ވަރަށްބޮޑަށް ކުރަމުންނެވެ. ދުވަހެއް ދުވަހަކަށް ފިލްމީ ތަރިން ޕޮޒިޓިވްވާ އަދަދު މަތިވަމުން ދާއިރު މި ނިމުނު ހަފްތާގެ ފަހުކޮޅު އާމިރް ޚާން ވަނީ ކޯވިޑަށް ޕޮޒިޓިވް ވެފައެވެ.

ބުދަ ދުވަހު އާމިރް ޚާން ޕޮޒިޓިވް ވީކަން އިންޑިއާގެ ފިލްމީ ޚަބަރު ގެނެސްދޭ ނޫސްތަކުން ރިޕޯޓްކޮށްފައި ވާއިރު، އޭނާ މިހާރު ގެންދަނީ އަމިއްލަގޭގައި ކަރަންޓީން ފުރިހަމަ ކުރަމުންނެވެ.

އާމިރަށް ފަހު އޭނައާއެކު ކާމިޔާބު ފިލްމް "ތްރީ އިޑިއަޓް" ގައި މަސައްކަތްކުރި އާރް މާދަވަން ކޯވިޑަށް ޕޮޒިޓިވްވީކަން އިއްޔެ ވަނީ ހާމަކޮށްފައެވެ. މާދަވަން ކޯވިޑަށް ޕޮޒިޓިވްވީކަން ހާމަކުރުމަށް ފިލްމް "ތްރީ އިޑިއަޓް" އާ ގުޅުވައިގެން އޭނާ ކޮށްފައި ވަނީ އެންމެން ސަމާލުކަން ދަމައިގަތް ޓްވީޓެކެވެ.

މާދަވަންގެ އިތުރުން އިއްޔެވަނީ މިލިންދް ސޯމަން ވެސް ކޯވިޑަށް ޕޮޒިޓިވް ވެފައެވެ. އޭނާވެސް ޕޮޒިޓިވް ވީކަމާއި ކަރަންޓީނުގައި ހުރިކަން ހާމަކުރީ ކުރު ޓްވީޓަކުންނެވެ.

ބޮލީވުޑްގެ ގިނަ ތަރިންތަކެއް ފާއިތުވި ދެތިން ހަފްތާގެ ތެރޭގައި ކޯވިޑަށް ވަނީ ޕޮޒިޓިވް ވެފައެވެ. އޭގެތެރޭގައ ިކާތިކް އާރިޔަން، ތާރާ ސުތާރިއާ، ސިއްދާންތު ޗަތުރުވެދީ، މަނޯޖް ބަޖްޕާއީ އަދި ރަންބީރު ކަޕޫރު ހިމެނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.