ޤާނޫނީ ދާއިރާއަކީ އަމިއްލަ މުއްސަދިކަމާއި މަސްލަހަތު ހިޔާރުކުރާ ދާއިރާއަކަށް ވެގެންނުވާނެ: އުއްތަމަ ފަނޑިޔާރު

ޤާނޫނީ ދާއިރާއަކީ އަމިއްލަ މުއްސަދިކަމާއި މަސްލަހަތު ހިޔާރުކުރާ ދާއިރާއަކަށް ވެގެންނުވާނެ: އުއްތަމަ ފަނޑިޔާރު

Author
މުޙައްމަދު ޝަޒައިމް
17 އޮކްޓޯބަރ 2020 06:13
0

ޤާނޫނީ ވަކީލުންގެ ދާއިރާއަކީ އަމިއްލަ މަންފާއާއި، މަސްލަހަތަށްވުރެ ނަޒާހާތްތެރިކަމާއިއެކު މުޅި މުޖުތަމައުގެ މަންފާއާއި ލާބަޔަށް ހިދުމަތް ކުރަންޖެހޭ ދާއިރާއެއް ކަމުގައި އުއްތަމަ ފަނޑިޔާރު އަލްއުޘްތާޒު އަހުމަދު މުއުތަސިމް އަދުނާން ވިދާޅުވެއްޖެ އެވެ.

ޤާނޫނީ ފަނުންގެ ދާއިރާއިން ތަމްރީން ހާސިލް ކުރެއްވި ބޭފުޅުންނަށް ހުވައިލައި ދެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ޒޫމް މެދުވެރިކޮށް ވާހަފުޅު ދައްކަވަމުން ދިވެހި ރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުދާން ވިދާޅުވީ ޤާނޫނީ ދާއިރާއަކީ ވަރަށް ޒިންމާދާރު އަދި ގިނަ ބައެއްގެ މަސްލަހަތު ހިމެނޭ މަސައްކަތްތަކެއް އެކުލެވޭ ދާއިރާއެއްކަމަށެވެ. މިދާއިރާއަކީ އަބަދުވެސް ކިޔުންތެރިކަމަށާއި ލިޔުމުގެ ހުނަރު އިތުރުކުރަން މަސައްކަތް ކުރަންޖެހޭ ދާއިރާއެއްކަމަށެވެ. މިއަދު ޤާނޫނީ ހުވާކުރެއްވި ބޭފުޅުންނަށް ވެދެވިގެން މިދިޔައީ ޤައުމަށް ހިދުމަތްކުރުމުގެ އާ ބާބަކަށް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި މިއަދު ހުވާކުރެއްވި ހުރިހާ ބޭފުޅުންވެސް ޤާނޫނު ނަގަހައްޓައި، ތެދެވެރިކަމާއި އަމާާތްތެރިކަމާއިއެކު މަސްއޫލިއްޔަތު އަދާކުރެއްވުމަށް އުއްތަމަ ފަނޑިޔާރުވަނީ  ގޮވާލާފައެވެ.

އެންމެ ބޮޑު އިސްކަމެއް ދޭންވީ ސުލޫކީ މިންގަޑުގައި ހިފަހައްޓައި ތެދުވެރިކަމާއިއެކު ހިދުމަތް ކޮށްދެއްވުމަށް. މިފަންނުގައި މަސައްކަތް ކުރާ މީހުންގެ ދެކެ އެންމެނެއް ހިންހަމަ ނުޖެހޭނެކަން ގަބޫލުކުރަންޖެހޭ. މުޖުތަމައުގައި ޤާނޫނީ ވަކީލުންނާއި ގުޅޭގޮތުން އަބަދުވެސް ތަފާތު ވާހަކަދެކެވޭނެ. މަޖާޒީ ގޮތުން މުހާތަބް ކުރެވޭ ފަހަރު އެބައާދޭ. މުޖުތަމައުގެ ދުޝްމަނުންކަމަށް ހަދައި ވާހަކަދެކެވޭ ހާލަތު އާދޭ. މިއީ އާކަމެއްނޫން. ޤާނޫނީ ވަކީލުން އަޒުމް ކަނޑައަޅަންވީ މުޖަމައުގެ މަންފާއަށް، އަމިއްލަ މަންފާއާއި ތަނަވަސްކަމަށް ހޯދުމަށް މިދާއިރާ އިޙްތިޔާރު ކުރުމަކީ ކާމިޔާބާއި ހަމަޔަށް ދެވޭނެ ކަމެއްނޫން.

– އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން

އުއްތަމަ ފަނޑިޔާރު ވިދާޅުވީ ވަކީލުންނަކީ ކޯޓުގެ އޮފިސަރުންނާއި، އާންމު ރައްޔިތުންގެ ލޯބިވެސް ލިބިފައިވާ ބަޔަކަށް ވުމަށް މަސައްކަތް ކުރަންޖެހޭކަމަށެވެ. ޚާއްސަކޮށް ތިމާއަށް ހަވާލުކުރެވޭ ޒިންމާ އަދާކުރުުމުގައި އަދި ހަވާލުވެވޭ ޒިންމާ އަދާކުރުމުގައި ތެދުވެރިކަމާއިއެކު މަސައްކަތް ކުރަންޖެހޭކަމަށެވެ.

އެންމެބޮޑު ޒިންމާއަކީ މަސައްކަތުގެ އަޚުލާގު ހިފަހައްޓައި ފަރުވާތެރިކަމާއި އެކު މުޖުތަމަށް ހިދުމަތް ކުރުން. އެގޮތަށް މަސައްކަތް ނުކުރެވޭނަމަ ތިމާވެގެންދާނީ ހޭރި ނެތިގެން އުޅޭ ދޯންޏަކަށް. މަސައްކަތުގެ އަހުލާގާއި ސުލޫކު ނުފިފެހެއްޓޭނަމަ ޤާނޫނީ ވަކީލުންނަކީ މިދާއިރާގެ މޭސްތިިންނަށް ނުވީސް. ޤާނޫނީ ފަންނަކީ އެކަމުގެ ހުނަރާއި ޤާބިލްކަން ދަސްކޮށްގެން ކުރިއަށްދެވޭނެ ދާއިރާއެއް.

– އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން

އުއްތަމަ ފަނޑިޔާރު ވިދާޅުވީ ހަމައެނި މާލީ ތަނަސްކަން ހޯދަން އިޚްތިޔާރުކުރެވޭ ދާއިރާއަކަށް މިދާއިރާވެއްޖެނަމަ ނިމިގެންދާނީ ތިމާބޭނުންވި އެއްވެސް ކަމެއް ހާސިލްނުވެކަމަށެވެ. ތަނަވަސްކަން ހޯދުމަކީ އޮތްކަމެއްކަމުގައި ވީނަމަވެސް އެކަން ކުރަންޖެހޭނީ ތިމާގެ ނަޒާހާތްތެރިކަން ހިފަހައްޓައި ތެދުވެރިކަމާއި އެކުގައިކަމަށެވެ.

އުއްތަމަ ފަޑިޔާރުވަނީ ގާނޫނީ ވަކީލުން ހިދުމަތް ކުރައްވާއިރު އިންސާނީ ހައްގުތައް ގެއްލޭ މީހުންނަށާއި، ނުހައްގުން އަނިޔާ ލިބިފައި މީހުންނަށް ހިދުމަތް ދެއްވުމުގެ އަޒުމް ކަނޑައަޅަންޖެހޭކަމަށް ވިދާޅުވެފައެވެ. އަދިި ޤައުމުގެ ދުުސްތޫރީ ނިޒާމު ހަރުދަނާ ގޮތުގައި ދެމެހެއްޓުމަކީ ތިމާގެ ޒިންމާކަމުގައި ދެކެންޖެހޭކަމަށެވެ. ޤާނޫނު އަސާސީން ކަށަވަރު ކޮށްދީފައި ދުސްތޫރީ ނިޒާމު ނެގެއްޙެއްޓުމަކީ ޤާނޫނީ ވަކީލުން ކުރަންޖެހޭ ކަމެއްކަމަށްވެސް އުއްތަމަ ފަޑިޔާރު ވިދާޅުވިއެވެ. އަދި ކޮންމެ ޤާނޫނީ ވަކީލަކީވެސް ރޯލްމޮޑެލްއަކަށް ވުމަށް އަޒުމް ކަނަޑައަޅުމަށް އެމަނިކުފާނު ވަނީ ގޮވާލާލައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.