މަނީޝް މަލްހޯތުރާ އާއި ކިއާރާ އަދުވާނީ އާއެކު ކާތިކް ފެޝަން ޝޯވ ގައި

ކާތިކް ކޯވިޑަށް ޕޮޒިޓިވްވެ "ބޫލު ބުލައްޔާ 2″ ގެ ޝޫޓިންގ މެދުކަނޑާލައިފި

ކާތިކް ކޯވިޑަށް ޕޮޒިޓިވްވެ "ބޫލު ބުލައްޔާ 2″ ގެ ޝޫޓިންގ މެދުކަނޑާލައިފި

ބޮލީވުޑްގެ ޒުވާން ތަރި ކާތިކް އާރިޔަން ކޯވިޑަށް ޕޮޒިޓިވް ވުމުގެ ސަބަބުން އޭނާ މިހާރު ޝޫޓް ކުރަމުން އަންނަ ފިލްމު "ބޫލު ބުލައްޔާ 2″ގެ ޝޫތިންގ މެދުކަނޑާލަން ޖެހިއްޖެ އެވެ.

ކާތިކް ކޯވިޑަށް ޕޮޒިޓިވް ވީކަން އޭނާ އިއްޔެވަނީ ސޯޝަލް މީޑިއާގައި ހާމަކޮށްފަ އެވެ. މިކަން ހާމަކުރަމުން އޭނާ ބަލިން ރަނގަޅުވުމަށް ހެޔޮދުޢާ ކޮށްދިނުމަށް ވަނީ އެދިފައެވެ.

ކޯވިޑުން ރައްކާތެރިވުމަށް އެންމެ ބޮޑަށް ސަމާލުކަންދީގެ އުޅުނު އެކްޓަރުންގެ ތެރޭގައި ކާތިކް ހިމެނެއެވެ. އެގޮތުން އޭނާ އަބަދުވެސް ކޮންމެ ހަފްތާ އަކު މަދުވެގެން 2 ފަހަރު ކޯވިޑަށް ޓެސްޓް ކުރެއެވެ. އަދި މީގެ އިތުރުން ކޮންމެ ތަނަކަށް ދިޔަ ނަމަވެސް އެނާގެ ފަހަތުގައި އަބަބދުވެސް ސެނެޓައިޒަރ ފުޅިއަކާއެކު މީހަކު ހުރެއެވެ. މީގެ އިތުރުން ބޭރުގަ އާއި ސެޓްގައި އުޅޭވަގުތުވެސް އަބަދު މާސްކު އަޅައިގެން އުޅުމަށް އޭނާ އިސްކަން ދެއެވެ.

މީގެ އިތުރުން ކޯވިޑްގެ ހާލަތު ގޯސްވެގެން އައި ދުވަސްވަރު ނުވަ މަސް ދުވަސް ވަންދެން އެއްގޮތަކަށް ވެސް ގެއިން ބޭރަށް ނުނުކުމެ ކާތިކް ވަނީ ހަމައެކަނި ގޭގައި މަޑުކޮށްފަ އެވެ.

ކާތިކް އިއްޔެ ކޯވިޑަށް ޕޮޒިޓިވް ވީކަން އާންމުކުރި އިރު ހޮނިހިރު ދުވަހު އޭނާ ވަނީ ލެކްމޭ ފެޝަން ވީކްގައި ބައިވެރިވެ މަޝްހޫރު ޑިޒައިނާ މަނީޝް މަލްހޯތުރާ އާއި ކިއާރާ އަދުވާނީ އާއެކު ރޭމްޕްގައި ހިނގާފައެވެ. މީގެ އިތުރުން ކިއާރާ އާއެކު ކާތިކް މިހާރު ކުޅެމުންދާ ފިލްމުގައި އެކްޓްރެސް ތާބޫ އާއެކު އާއްދީތަ ދުވަހު ވަނީ މަންޒަރުތަކެއް ޝޫޓްކޮށްފައެވެ. އެހެންކަމުން ތާބޫ އާއި ކިޔާރާވެސް މިހާރުވަނީ އަމިއްލައަސް އެކަހެރިވެ ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަކޮށްފައެވެ.

އަދި ފިލްމާ ގުޅުންހުރި ގިނަ ފަރާތްތަކެއް މިހާރު އަންނަނީ ޓެސްޓް ކުރަމުންނެވެ. "ބޫލު ބުލައްޔާ 2″ގެ އިތުރުން "ދޯސްތާނާ 2″ގެ މަސައްކަތްތައްވެސް ކާތިކް މިހާރު ގެންދަނީ ކުރަމުންނެވެ. މި ފިލްމުގައި އޭނާ ފެންނާނީ ޖާންވީ ކަޕޫރާއެކުގައެވެ.

ކާތިކް އެންމެ ފަހުން ފެނިގެންދިޔައީ އިމްތިއާޒް އަލީގެ "ލަވް އާޖްކަލް" އިންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *