ރާނީގެ އުފަންދުވަހުގެ ހަދިޔާ "މިސިސް ޗެއްޓާޖީ ވާސަސް ނޯވޭ"

ރާނީގެ އުފަންދުވަހުގެ ހަދިޔާ "މިސިސް ޗެއްޓާޖީ ވާސަސް ނޯވޭ"

ބޮލީވުޑްގެ ތެރި ރާނީ މުކަރްޖީއަށް އާދީއްތަ ދުވަހަކީ ވަރަށް މުހިއްމު ދުވަހެކެވެ. އެގޮތުން އެދުވަހަކީ އޭނާއަށް 43 އަހަރު ފުރުނު އުފަންދުވަހުގެ އިތުރުން އޭނަގެ ކާމިޔާބު ފިލްމީ ހަޔާތަށް 25 އަހަރު ފުރުނު ދުވަސް ވެސް މެއެވެ. ރާނީ މުކަރްޖީ މި އުފާވެރި ޚާއްސަ ދުވަހުގައި ވަނީ އިތުރު ޚަބަރެއްވެސް ބެލުންތެރިންނާއި ހިއްސާކޮށްފަ އެވެ.

އޮގޮތުން ރާނީ ދެން ބެލުންތެރިންނަށް ފެނިގެންދާނީ ފިލްމް "މިސިސް ޗެއްޓާޖީ ވާސަސް ނޯވޭ" އިންނެވެ. ޒީސްޓޫޑިއޯ އާއި އެންމޭ އެންޓަރޓެއިންމަންޓް ގުޅިގެން ގެނެސްދޭ މި ފިލްމް ލިޔެ، ޑައިރެކްޓް ކުރަނީ އާޝިމާ ޗިއްބަރ އެވެ.

މި ފިލްމްއަކީ ދެމަފިރިއަކަށް ކުރިމަތިވާ ކަންތައް ތަކެއްގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމެކެވެ. އެގޮތުން ފިލްމުން ފެނިގެންދާނީ ދެމަފިރިއެއްގެ ދަރިފުޅު އެދެމީހުންނާއި ދުރަށް ގެންދިޔުމުން ކުރިމަތިވާ ކަންތައްތަކެކެވެ. އަދި އެ ދަރިފުޅަށްޓަކައި މަންމައަކު މުޅި ގައުމާދެކޮޅަށް ކުރާ މަސައްކަތްތައް ރާނީ މި ފިލްމުގައި ދައްކައިދޭނެއެވެ. މިއީ 2011 ވަނަ އަހަރު ހިނގާދިޔަ ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމް ކެވެ.

ރާނީ ބުނެފައިވާ ގޮތުގައި މިއީ މި ފަހުގެ ތާރީހެއްގައި އޭނާ މިހާތަނަށް ކީ އެންމެ ކަމުދާ ސްކްރިޕްޓެވެ. އަދި ސްކްރިޕްޓް ކިޔާ ހަމަ ނިމުމާއެކު އޭނާ ފިލްމުކުޅެން އެއްބަސް ވީކަމަށްވެސް ރާނީ ވަނީ ބުނެފައެވެ.

މި ފަހުން ރާނީ ކުޅުނު ހުރިހާ ފިލްމުތަކަކީ ވައިއާރްއެފްގެ ފިލްމުތައް ކަމަށް ވިޔަސް އާ ފިލްމަކީ ޑައިރެކްޓަރ އަދި ޕްރޮޑިއުސަރ ނިކިލް އަދުވާނީ އެންމޭ އެންޓަރޓައިންމަންޓާއި ޒީ ސްޓޫޑިއޯސް ގުޅިގެން ހަދާ ފިލްމެކެވެ.

މި ފިލްމުގެ ވާހަކަ އިއުލާން ކުރަމުން ރާނީ ބުނެފައިވަނީ އޭނާގެ އުފަންދުވަހާއި ބޮލީވުޑްގެ ސިލްވަރ ޖުބުލީ ފާހަގަ ކުރުމަށް މިއަށްވުރެ އުފާވެރި ގޮތެއް ނެތްކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *