ޑޯންޓް ރަޝް ޗެލެންޖްގެ ކީރްތީ ވާޝަން!

ޑޯންޓް ރަޝް ޗެލެންޖްގެ ކީރްތީ ވާޝަން!

ޑޯންޓް ރަޝް ޗެލެންޖަކީ ޓިކްޓޮކް ގައި އުޅޭ މީހުންނަށް އާ ޗެލެންޖެއް ނޫނެވެ. މިހާރަކަށް އައިސް ޓިކްޓޮކްގައި އުޅޭ ކުދިން ނޫން އެހެން ފަރާތްތަކުންވެސް ދަނީ ޓިކްޓޮކްގެ މި ޗެލަންޖުތައް ފުރިހަމަ ކުރަމުންނެވެ.

އެގޮތުން ސައުތު އިންޑިއާގެ ފިލްމީ ތަރިއެއް ކަމަށްވާ ކީރްތީ ސުރޭޝްވެސް ވަނީ މި ޗެލެންޖުގައި ބައިވެރިވެފައެވެ. ކީރްތީއަށްވުރެ ކުރިން ސަމަންތާ އައްކިނެންނީ ވެސް ވަނީ މި ޗެލެންޖް ފުރިހަމަކޮށްފަ އެވެ.

ކީރްތީ ސޯޝަލްމީޑިއާގައި ހިއްސާކޮށްފައިވާ މި ވީޑިއޯއިން އޭނާގެ އަމިއްލަވަންތަކަންވެސް ފެނިގެންދެއެވެ. ކީރްތީގެ މި "ޑޯންޓް ރަޝް ޗެލެންޖް" ގައި އޭނާއާ އެއްކޮށް ނެށުންތެރިއެއް ކަމަށްވާ ޕަވަން އެލެކްސްވެސް ފެނިގެންދެ އެވެ. އާދައިގެ ފަސޭހަހެން ހީވާ ހެދުމެއްގައި މި ދެމީހުންވެސް ތިބި އިރު މި ވީޑިއޯއަށް ވަރަށް ގިނަ ބެލުންތެރިންގެ ސަމާލުކަން ދަނީ ލިބެމުންނެވެ. ނެށުމަކީ ކީރްތީގެ ގިނަގުނަ ހުނަރު ތަކުގެ ތެރެއިން އެއް ހުނަރު ކަމާއި މެދުގައި އެއްވެސް ސުވާލެއް ނެތެވެ. ދާދި ފަހުން އާންމުވީ ވީޑީއޯއެއްގައި ކީރްތީގެ ވައިލެން ކުޅުމުގެ ހުނަރުވެސް ބެލުންތެރިންނަށް ވަނީ ފެނިގެން ގޮސްފައެވެ.

މަސައްކަތުގެ ދާއިރާއަށް ބަލާލާއިރު އެންމެ ފަހުން ކީރްތީ މަސައްކަތް ކޮށްފައިވަނީ މަހޭޝް ބާބޫ އާއި އެކުގައި ފިލްމު "ސަރްކަރޫ ވާރި ޕާތާ" ގައެވެ. މި ފިލްމުގެ ޝޫޓިންގ ދުބާއީގައި ނިންމާލުމަށްފަހު އިންޑިއާއަށް އެނބުރި އައިތާ އެހާ ގިނަ ދުވަހެއް ނުވެއެވެ. ޕަރާސުރަމްގެ ޑައިރެކްޝަންގެ ދަށުން ކުރިއަށް ދިޔަ މި ފިލްމު އިއުލާން ކޮށްފައިވަނީ މިދިޔަ އަހަރު އެވެ.

މީގެ އިތުރުން ރަޖްނީކާންތާއި އެކުގައި ފެނިގެންދާނެ ފިލްމު "އަންނާތޭ"ގެ އިތުރު ޝޫޓިން ކުރިއަށް އޮތް ދުވަސްތަކުގައި ފެށުމަށް ވަނީ ހަމަޖެހިފަ އެވެ. ކީރްތީ މިހާރު އެންމެ އިންތިޒާރު ކުރަމުން ދަނީ ނިކިލް އާއި އެކުގައި ކުޅުނު އޭނާގެ ޓޮލީވުޑް ފިލްމު "ރަންގް ދޭ" ސިނަމާތަކުން ފެންނަ ދުވަހަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *