ކުރިއަށް ކައުންސިލް އިންތިޚާބުގައި މާފަންނު މެދު ދާއިރާގެ ކައުންސިލަރުކަމަށް ވާދަކުރައްވާ އިދިކޮޅު ކެނޑިޑޭޓް އަހުމަދު ނަރީޝް އަށް އޮތް ތާއީދު ޕީއެންސީގެ ރައީސް އަބްދުރަހީމް އަބްދުﷲ ޅެން ބައިތަކުން ހިއްސާ ކުރައްވައިފިއެވެ.
އިދިކޮޅު ހަރަކާތްތަކުގައި ކުރެވޭ މަސައްކަތުގައި އެންމެ ކުރީ ސަފުގައި މަސައްކަތް ކުރަމުންދާ ނަރީޝްއާއި ގުޅޭގޮތުން އަދުރޭ ހިއްސާ ކުރެއްވި ޅެން ބައިތުގައި ވަނީ ނަރީޝްއަކީ ޤައުމަށް ތެދުވެރި ވަފާތެރި ކެންޑިޑޭޓެއް ކަމުގައެވެ. އަދި ޤައުމު މިވަގުތު އޮތް ހާލަތުން އަރައިގަތުމަށްޓަކައި ބޭނުންވަނީ ޤައުމަށް ތެދިވެރި ވަފާތެރި އިޚްލާސްތެރި ބައަޔަކަށްވާއިރު އެފަދަ އެއްބޭފުޅަކީ ނަރީޝްކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
— Abdul Raheem Abdulla (@Banafsaa) March 20, 2021
ރައީސް ޔާމީންގެ ވެރިކަމުގައި ހައުސިން މިނިސްޓްރީގައިވެސް މަސައްކަތް ކުރެއްވި ނަރީޝްއަކީ އޭރުގެ ސަރުކާރުން މާލެ ސަރަހައްދަށް ގެނެސްދެއްވި ތަރައްޤީގައި ހިއްސާއޮތް ބޭފުޅެކެވެ. ނަރީޝް ގެންދަވަނީ އޭނާ ކުރިމަތިލައްވާ ދާއިރާގައި ހުރި އެކި ކަންބޮޑުވުންތައް ހައްލު ކޮށްދެއްވުމަށް ކެމްޕެއިން ތެރޭގައިވެސް ސަރުކާރަށް ގޮވާލައި އެކަންކަމަށް ބާރު އަޅަމުންނެވެ.

އެގޮތުން ކުރީގެ އޯޑިއޯން ސިނަމާ ހުރި ބިމާއި ކުރީގެ ނާދީ ހުރި ބިމުގައި ފްލެޓް އަޅަން އަލުން އަނެއްކާވެސް އިންޑިޔާގެ ޓާޓާ ކުންފުޏާއި، ހަވާލު ކުރުމުގެ ބަދަލުގައި އެކަން ކުރެވޭނެ ބަޔަކާއި ހަވާލު ކުރުމަށް ނަރީޝްވަނީ ސަރުކާރަށް ގޮވާލާފައެވެ.
ކޮމެންޓު ފޮނުވާ