މާލެއާއި ހުޅުމާލޭގައި ހިންގި އޮޕަރޭޝަނެއްގައި ތިން ކިލޯގެ މަސްތުވާތަކެއްޗާ އެކު ދެ މީހަކު ހައްޔަރުކޮށްފި

މާލެއާއި ހުޅުމާލޭގައި ހިންގި އޮޕަރޭޝަނެއްގައި ތިން ކިލޯގެ މަސްތުވާތަކެއްޗާ އެކު ދެ މީހަކު ހައްޔަރުކޮށްފި

Author
އަހުމަދު
08 ޖުލައި 2026 12:35
0

މާލެއާއި ހުޅުމާލޭގައި ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި ތިން ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެއްޗާ އެކު ދިވެއްސަކާއި ބިދޭސީއަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ ޚިދުމަތުން މައުލޫމާތު ދޭ ގޮތުގައި، މި އޮޕަރޭޝަން ހިންގާފައި ވަނީ މި ޖުލައި މަހުގެ ހަ ވަނަ ދުވަހު، ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެންނެވެ.

މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައި ވަނީ ދަފްތަރު ނަންބަރު ދރ 071 / މާލެ، ފަތުޙު އާދަމް ޙަސަންފުޅު (44އ) އާއި، ބަންގްލަދޭޝްއަށް ނިސްބަތްވާ ޝާހު އަލްތަބުރް ރަޙްމާން (31އ) އެވެ.

މި ދެ މީހުންގެ މައްޗަށް ތުހުމަތުކުރެވެނީ މަސްތުވާތަކެތި ވިއްކައި، އޭގެ ވިޔަފާރި ކުރުމުގެ ތުހުމަތެވެ. އަދި ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ދެ މީހުން ވެސް 15 ދުވަހަށް ބަންދުގައި ބޭތިއްބުމަށް ވަނީ އަމުރުކޮށްފައެވެ.

މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް އެ އިދާރާއިން ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.