ވިޒިޓް މޯލްޑިވްސްގެ އައު އެމްޑީއަކަށް ޔާސިރު އައްޔަން ކޮށްފި

ވިޒިޓް މޯލްޑިވްސްގެ އައު އެމްޑީއަކަށް ޔާސިރު އައްޔަން ކޮށްފި

Author
އަހުމަދު
27 އޮގަސްޓް 2026 10:29
0

ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް، ފަތުރުވެރިކަމުގެ ދާއިރާގައި ފުޅާ ތަޖުރިބާއެއް ލިބިވަޑައިގެންފައިވާ އަބްދުﷲ ޔާސިރު އައްޔަންކުރައްވައިފިއެވެ.

ޔާސިރު މި މަގާމަށް އައްޔަންކުރެއްވީ، ކުރިން އެ މަގާމުގައި ހުންނެވި އިބްރާހިމް ޝިއުރީ މިދިޔަ ހޯމަ ދުވަހު އިސްތިއުފާދެއްވުމާ ގުޅިގެންނެވެ. ޔާސިރަކީ މި ސަރުކާރުން ވިޒިޓް މޯލްޑިވްސްއަށް އައްޔަންކުރެއްވި ތިންވަނަ މެނޭޖިން ޑިރެކްޓަރެވެ.

1993 ވަނަ އަހަރު ފަތުރުވެރިކަމުގެ ދާއިރާއަށް ނުކުމެވަޑައިގެންނެވި ޔާސިރަކީ، މި ދާއިރާގައި 25 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ހޯއްދަވާފައިވާ ބޭފުޅެކެވެ. ހޮސްޕިޓާލިޓީ، ކޯޕަރޭޓް މެނޭޖްމަންޓް، އިންވެސްޓްމަންޓް އަދި ޑެސްޓިނޭޝަން ޑިވެލޮޕްމަންޓް ފަދަ ދާއިރާތަކުން ފުޅާ ތަޖުރިބާއެއް ލިބިވަޑައިގެންފައިވާ ޔާސިރު ވަނީ ރިސޯޓުތަކުގެ ޖެނެރަލް މެނޭޖަރު، އެސިސްޓެންޓް ޖެނެރަލް މެނޭޖަރު އަދި ފްރަންޓް އޮފީސް މެނޭޖަރުކަން ފަދަ އިސް މަގާމުތައް ފުރުއްވާފައެވެ. މީގެއިތުރުން، މިހާރު އޭނާ ގެންދަވަނީ އެންޓަޕްރިނިއާސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސްކަންވެސް ކުރައްވަމުންނެވެ.

ތަޢުލީމީ ގޮތުން ޔާސިރު ވަނީ އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ބާމިންގހަމްއިން ޓޫރިޒަމް ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލްކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.