ޑޮލަރުގެ ދަތިކަން ހައްލުކުރަން އަޅާ ފިޔަވަޅުތަކުން ރަނގަޅު ނަތީޖާ ފެންނާނެ: ރައީސް

ޑޮލަރުގެ ދަތިކަން ހައްލުކުރަން އަޅާ ފިޔަވަޅުތަކުން ރަނގަޅު ނަތީޖާ ފެންނާނެ: ރައީސް

Author
އަހުމަދު
27 އޮގަސްޓް 2026 10:29
0

ބޭރު ފައިސާގެ ދަތިކަން ހައްލުކުރުމަށް ސަރުކާރުން މިހާރު އަޅަމުންދާ ފިޔަވަޅުތަކުގެ އެދެވޭ ނަތީޖާ ފެންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) އިން ރޭ ގެނެސްދިން "ނޭޝަންޗެޓް" ޕޮޑްކާސްޓްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އިގްތިސާދު ކުރިއެރުވުމަށްޓަކައި ޑޮލަރާ ގުޅޭ ސިޔާސަތުތައް އަލުން ބައްޓަންކުރުމާއި، ކުރިން ގާނޫނުގައި އޮވެ ތަންފީޒުނުކުރެވި ހުރި ކަންކަން ހަރުދަނާ އުސޫލެއްގެ ދަށުން ތަންފީޒުކުރުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށެވެ.

ސަރުކާރުން އަޅާ ކޮންމެ ފިޔަވަޅަކީ ވެސް ތައުލީމީ އަދި ފަންނީ ތަޖުރިބާކާރުންގެ ދިރާސާތަކުގެ މައްޗަށް ބިނާކޮށް ނިންމާ ނިންމުންތަކެއް ކަމަށާއި، އިގްތިސާދު ފުޅާކުރުމަށް ހުރަސްއެޅޭނެ އެއްވެސް ކަމެއް ސަރުކާރުން ނުކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ. އަދި ސިޔާސީ ގޮތުން ފާޑުކިއުންތަކެއް އަމާޒުވި ނަމަވެސް، ޖުމްލަ ނަތީޖާ ރަނގަޅުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ޑޮލަރުގެ ތާށިކަން ކުޑަކުރުމަށްޓަކައި ރިސޯޓުތަކުގެ އާމްދަނީގެ 40 ޕަސެންޓް ޑޮލަރުން މާރުކުރާ ގޮތަށް ރައްޔިތުންގެ މަޖިލީހުން ދާދި ފަހުން ވަނީ ފާސްކޮށްފައެވެ. އަދި އޮފިޝަލް ރޭޓަށް ވުރެ ބޮޑަށް ޑޮލަރު ވިއްކާ ފަރާތްތަކާ ދެކޮޅަށް ވެސް ސަރުކާރުން ވަނީ ފިޔަވަޅު އަޅަން ފަށައިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.