މާލޭ މ. ދިލްކުޝާ ގޯޅީގައި ހުންނަ ގެއެއްގައި މިއަދު ހެނދުނު ގޭސް ލީކުވެ ހިނގި ހާދިސާއެއްގައި 51 އަހަރުގެ އަންހެނަކު މަރުވެއްޖެ އެވެ.
ފުލުހުން ބުނީ ހެނދުނު 10:34 ހާއިރު ހިނގި މި ހާދިސާގައި ހާލު ދެރަވި ދެ މީހުންގެ ތެރެއިން، އައިޖީއެމް ހޮސްޕިޓަލަށް ގެންދިޔަ ދަފްތަރު ނަންބަރު ރސ. 6210 / މާލެ، ޒާހިދާ ތައުފީގު މަރުވެފައިވާ ކަމުގަ އެވެ. ހާދިސާގައި ޒަޚަމްވި 19 އަހަރުގެ އަންހެން މީހާ އަށް އޭޑީކޭ ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ. ފާހަގަކޮށްލެވޭ ގޮތުގައި، މިދިޔަ ހޯމަ ދުވަހު ވެސް މާލޭގައި ގޭސް ފުޅިއެއް ގޮވައި ހިނގި އަލިފާނުގެ ހާދިސާއެއްގައި 4 ބިދޭސީއަކަށް އެކިވަރުގެ އަނިޔާ ލިބި، އޭގެ ތެރެއިން 2 މީހެއްގެ ހާލު ސީރިއަސް ވެފައިވެ އެވެ.
ކޮމެންޓު ފޮނުވާ