ކެފޭ ރެސްޓޯރެންޓްތަކަށް އެޅި ފިޔަވަޅު އަނެއްކާވެސް އިތުރު ހަފްތާއަކަށް ދަންމާލައިފި

ކެފޭ ރެސްޓޯރެންޓްތަކަށް އެޅި ފިޔަވަޅު އަނެއްކާވެސް އިތުރު ހަފްތާއަކަށް ދަންމާލައިފި

Author
މުޙައްމަދު ޝަޒައިމް
20 މާރޗް 2021 10:04
0

މާލެ ސަރަހައްދުގެ ސައިހޮޓާ، ރެސްޓޯރަންޓް ފަތިހު 4:30 އިން 11:30 އަށް ޚިދުމަތް ނުދޭވޭ އުސޫލު އަނެއްކާވެސް އިތުރު ހަފްތާއަކަށް ދަންމާލައިފިއެވެ. މި އުޞޫލާ އެއްގޮތަށް މިމަހުގެ 24 ވަނަ ދުވަހާ ހަމައަށް އަމަލުކުރުމަށް އެޗްޕީއޭއިން ވަނީ އަންގާފައެވެ.

ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިދޭ ބާރުގެ ދަށުން، މާލެ، ހުޅުމާލެ، ތިލަފުށި އަދި ގުޅިފަޅުގައި ހިންގާ ކެފޭ، ހޮޓާ، ރެސްޓޯރެންޓް ފަދަ އާންމުންނަށް ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުން ޓޭކްއަވޭއާއި ޑެލިވަރީގެ ޚިދުމަތް ފިޔަވައި އެހެނިހެން ޚިދުމަތް ދިނުން ރޭގަނޑު 8:00 އިން ފެށިގެން އިތުރު ހަފްތާއަކަށް ހުއްޓާލުމަށް އެޗްޕީއޭއިން ވަނީ އަންގާފައެވެ. އަދި ޓޭކްއަވޭއާއި ޑެލިވަރީގެ ޚިދުމަތްވެސް ރޭގަނޑު 10:30 އިން ފެށިގެން ހުއްޓާލުމަށް އެޗްޕީއޭއިން ވަނީ އަންގާފައެވެ.

މާލެ ސަރަޙައްދުގައި މިހާރު އަޅާފައިވާ ފިޔަވަޅުތަކަށް ބަލާއިރު ހަވީރު 6:00 އިން ހެނދުނު ހަޔަކަށް އިންޖީނުލީ އުޅަނދު ދުއްވުންވެސް ވަނީ މަނާކޮށްފައެވެ. އަދި ފިހާރަތައް ރޭގަނޑު 10:30 ގައި ބަންދުކުރަންޖެހެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.