ނިލަންދޫ ރައްޔިތުން އެއާޕޯޓަށް ކުރާ އުންމީދަށް ރައީސްގެ ފިނި ޖަވާބެއް

ނިލަންދޫ ރައްޔިތުން އެއާޕޯޓަށް ކުރާ އުންމީދަށް ރައީސްގެ ފިނި ޖަވާބެއް

Author
މުޙައްމަދު ޝަޒައިމް
20 މާރޗް 2021 09:31
0

ފ.އަތޮޅު ނިލަންދޫގައި އެއާޕޯޓެއް އެޅުމަށް އެރަށުގައި އެޅުމަށް ކުރާ އުންމީދަށް ރައީސުލްޖުމްހޫރިއްޔާ ފިނި ޖަވާބެއް ދެއްވައިފިއެވެ.

ކުރިއަށް އޮތް ކައުންސިލް އިންތިޚާބާއި ގުޅޭގޮތުން މިރޭ ބޭއްވި ރައްވެހި ފަތިސް ކެމްޕެއިންގައި ފ.އަތޮޅު ނިލަންދޫގައި ހުރި ކަންބޮޑުވުންތަކާއި ގުޅިގެން ކުރެވުނު ސުވާލުތަކުގެ ތެރެއިން އެރަށުގެ އެއާޕޯޓު ތަރައްޤީ ކުރުމުގެ މަސައްކަތް ކިހާތާކު ފެށޭނެތޯ ދެންނެވުމުން ރައީސް ޞާލިހު ވިދާޅުވީ އެ މަޝްރޫޢު އޮތް ގޮތެއް އަދި މުޅިއަކުން ސާފު ނުވާކަމަށެވެ. އެއާޕޯޓުގެ މަސައްކަތް މެލޭޝިޔާގެ ކުންފުންޏަކާއި އޭރުގެ ސަރުކާރުން ހަވާލު ކުރިނަމަވެސް އެކުންފުނީގެ ފަރާތުންވެސް އަދި ސަރުކާރުގައިވެސް މިކަމުގެ މާބޮޑު މައުލޫމާތެއް ނެތްކަމަށް ރައީސް ވިދާޅުވިއެވެ.

ފ.އަތޮޅުގައި ރައީސް ޔާމީންގެ ވެރިކަމުގައި ވަނީ 3 އަހަރެއްގެ މަތީން ބަޖެޓުގައި އެއާޕޯޓް އެޅުމަށް ޖަހާފައެވެ. ނަމަވެސް އެކަން ވަނީ ހަގީގަތަށް ނުހެދިފައެވެ. މިސަރުކާރުން ވެރިކަމަށް އައުމަށްފަހުވެސް ނިލަންދޫގެ އެއާޕޯޓް މަޝްރޫއު ކުރިއަށް ގެންދިއުމަކީ އެރަށު ރައްޔިތުން ސަރުކާރުގައި އެދެމުންދިޔަ އެންމެ ބޮޑު އެދުމެވެ. ނަމަވެސް ސަރުކާރުގެ ވިސްނުން ހުރީ އެއާޕޯޓް މަޝްރޫޢު ދަރަނބޫދޫއަށް ބަދަލު ކުރުމަށް ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

ނިލަންދޫގައި އެއާޕޯޓް އެޅުމަށް އޭރުގެ ސަރުކާރުން މަސައްކަތް ކޮށްފައިވަނީ ސައުދީއާއި ގުޅިގެން ކުރިއަށް ގެންދަން އުޅުނު މަޝްރޫޢުގެ ތެރެއިންނެވެ. މި އެއްބަސްވުމަކީ ރައީސް ޔާމީންގެ ވެރިކަމާއިމެދު އިދިކޮޅު ފަރާތްތަތަކުން އެންމެ ބޮޑަށް އޭރުގެ ސަރުކާރާއި ދެކޮޅަށް މަަސަައްކަތް ކުރަން ފެށި އެއްމައްސަލައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.