މި އަހަރުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ދިވެހި ޤައުމާ މުޚާޠަބު ކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވައިފިއެވެ.
ރައީސް އޮފީހުން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޤައުމާ މުޚާޠަބު ކުރައްވާނީ، ޤައުމީ ދުވަހުގެ ހެނދުނު 10 ޖަހާއިރު ޚަބަރުފަތުރާ ވަސީލަތްތައް މެދުވެރިކުރިކޮށެވެ. ޤައުމީ ދުވަހުގެ މުނާސަބަތުގައި މާދަމާ ހެނދު6:00 ގައި ޖުމްހޫރީ މައިދާނުގައި ޤައުމީ ދިދަ ނެގުމުގެ ރަސްމިއްޔާވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ޤައުމީ ދުވަހާއި ގުޅިގެން ބާއްވާ ހަރަކާތްތަކާއި ޖަލްސާ ހއ.އުތީމުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ޤައުމީ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާގައި ދެއްވަމުން ގެންދަވާ ޤައުމީ އިނާމު، މިއަހަރު ދެއްވުން ވަނީ ފަސްކުރައްވާފައެވެ. މިގޮތަށް ނިންމެވީ، ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާ، ކޯވިޑް 19 އިގެ ހާލަތާ ގުޅިގެން މިއަހަރު ނުބާއްވަވާ ގޮތަށް ސަރުކާރުން ހަމަޖެއްސެވުމާ ގުޅިގެންނެވެ. ކޯވިޑުގެ ހާލަތު، ޢާންމު ހާލަތަކަށް ބަދަލުވުމުން، ޤައުމީ އިނާމު ދެއްވުމަށް ޚާއްޞަ ޖަލްސާއެއް ބާއްވަވާ ގޮތަށް ވަނީ ހަމަޖައްސަވާފައެވެ. މި ޖަލްސާ ބާއްވަވާނެ ތާރީޚު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ފަހުން އިޢުލާން ކުރައްވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.
ކޮންމެ އަހަރެއްގެ ރަބީޢުލް އައްވަލް މަހުގެ 1 ވަނަ ދުވަހުގައި ފާހަގަކުރަމުންދާ ޤައުމީ ދުވަހަކީ ބޮޑު ތަކުރުފާނު ޕޯޗްގީޒުންގެ އަތް ދަށުން ދިވެހިރާއްޖެ ސަލާމަތްކުރެއްވި ޒިކުރާ އައު ކުރުމުގެ ގޮތުން ފާހަގަކުރާ ދުވަހެކެވެ. ބޮޑު ތަކުރުފާނު ނިސްބަތްވެވަޑައިގަންނަވަނީ ހއ. އުތީމަށެވެ.
ކޮމެންޓު ފޮނުވާ