ސަރުކާރު ހިންގާ އެމްޑީޕީން ރައްޔިތުންނަށް ވެފައިވާ ވައުދު ނުފުއްދައި ކައުންސިލް އިންތިޚާބުގައި ރައްޔިތުންނާއި ހަމަޔަށް ވޯޓުހޯދަން ދާއިރު ލަދު ގަންނަންޖެހޭނެކަމަށް މާލެސިޓީ ކައުންސިލްގެ އެމްޑީޕީ މެންބަރު މުޙައްމަދު ފަޒީން ވިދާޅުވެއްޖެއެވެ.
ފަޒީން ވަނީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މާލޭ ރައްޔިތުންނަށް ވެފައިވާ ވައުދުތަކުގެ ތެރެއިން ބޯހިޔާވަހިކަމުގެ ވައުދާ ގުޅިގެން މީގެ އަހަރުތަކެއް ކުރިން ދައްކަވާފައިވާ ވާހަތަކެއް ހިއްސާ ކުރައްވައި ވައުދު ނުފުއްދަވައި ރައްޔިތުންނާއި ހަމައަށް ވޯޓު ހޯދަން ނުދިއަށް އިލްތިމާސް ކުރައްވާފައެވެ.
ފަޒީން ވިދާޅުވީ އެމްޑީޕީން ރައްޔިތުންނަށް މަކަރާއި ހީލަތުން މޮޅު ވާހަކަ ދައްކައިގެން އެތަކެއް ވައުދުތަކެއް ވެފައިވާކަމަށެވެ. އެވާހަތަކުގައި ޖެހި ރައްޔިތުން ރައްޔިތުން ސުޕަމެޖޯރިޓީއާއި، ކުރީގެ ކައުންސިލްތައްވެސް އެމްޑީޕީއަށް ދިންކަމަށެވެ. ނަމަވެސް އެއިން އެއްވެސް ވައުދެއް ނުފުއްދި ކުރިއަށް އޮތް ކައުންސިލް އިންތިޚާބަށް ވޯޓު ހޯދަން ރައްޔިތުންގެ ކައިރިއަށްދާނެ އެމްޑީޕީން ލަދު ގަންނަންޖެހޭނެކަމަށް ފަޒީން ވިދާޅުވިއެވެ.
މަކަރުވެރި ވާހަކައިގައިޖެހި ވޯޓުދިން. ސުޕަރމެޖޯރިޓީ، ވެރިކަމާއި މަޖިލިސް އަދި ކައުންސިލްވެސް ދިން. ގެއްލުވާލާފައިވާ އަދި މަރާލާފައިވާ މީހުންގެ ވާހަކަ ދައްކައިގެންނާއި ކުނިކަހާ މޮޕްކޮށް ފުނޑައިދީގެން ވޯޓުދިން ޒަމާން މާޒީވެއްޖެ. ވައުދު ނުފުއްދާ ވޯޓަށް ސަލާންޖަހަން ލަދުނުގަނޭތޯ؟
– ފަޒީން ވިދާޅުވިއެވެ.
މަކަރުވެރި ވާހަކައިގައިޖެހި ވޯޓުދިން. ސުޕަރމެޖޯރިޓީ، ވެރިކަމާއި މަޖިލިސް އަދި ކައުންސިލްވެސް ދިން.
ގެއްލުވާލާފައިވާ އަދި މަރާލާފައިވާ މީހުންގެ ވާހަކަ ދައްކައިގެންނާއި ކުނިކަހާ މޮޕްކޮށް ފުނޑައިދީގެން ވޯޓުދިން ޒަމާން މާޒީވެއްޖެ. ވައުދު ނުފުއްދާ ވޯޓަށް ސަލާންޖަހަން ލަދުނުގަނޭތޯ؟ pic.twitter.com/MyBYtWlg4V— ?????? ?? (@fazeen2457) March 20, 2021
ފަޒީން ހިއްސާ ކުރި ވީޑިއޯގައި ރައީސް ނަޝީދު ވިދާޅުވީ ފްލެޓްޓާއި ބޯހިޔާވަހިކަން އެމްޑީޕީން ހޯދައި އެކަން ކަށަވަރު ކުރާނެކަމަށެވެ. ޚާއްސަކޮށް ރިސޯޓް މުވައްޒިފުންނަށް ބޭނުންވާ ހައްގުތައް ކަށަވަރުކޮށްދީ ރިސޯޓް މުވައްޒިފުންނަށް އަނބިދަރިން ކައިރީ ނިދޭނެ ގޮތް ހަމަޖައްސަވައި، އެމީހުންނަށް ސަރުކާރުން އަޅާ ފްލެޓްތަކުގައި ނިދޭނެ ގޮތް ހަމަޖައްސަވާނެކަމަށެވެ.
އެމްޑީޕީން ކައުންސިލް އިންތިޚާބުގެ ކެމްޕެއިންނަށް ވޯޓު ހޯދަން ކުރާ މަސައްކަތުގެ އެންމެ ބޮޑު ގޮންޖެހުމަކީ އެޕާޓީން ވެފައިވާ ވައުދުތައް ނުފުއްދުމެވެ. އަދި މިކަންކަމާއި ޕާޓީގެ ތެރެއިން ގިނަބަޔަކު އަޑު އުފުލާކަމީ އެޕާޓީއަށް އޮތް އެންމެ ބޮޑު ގޮންޖެހުމެވެ.
ކޮމެންޓު ފޮނުވާ